ގދ. ތިނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި ގޭސް ފުޅިއެއް ލީކުވެ، ހަތަރު މީހުން ފިހިއްޖެ އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ ރޭ ދަންވަރު 12:30 ހާއިރު ތިނަދޫ ފަޅުތެރޭގައި އޮތް "ރާސްތާ" ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާން ރޯވެގެން ތިނަދޫގެ ފަޔާ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި އެ ހާދިސާ ހިނގީ ދޯނީގެ ގޭސްފުޅިއަކުން ގޭސް ލީކު ވެގެންނެވެ. އެ ހާދިސާގައި ހަތަރު މީހަކު ފިހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ތިނަދޫ ހޮސްޕިޓަލުން ބުނީ ފިހުނު ހަތަރު މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އެގޮތުން ބައެއް މީހުންގެ މޫނު ވެސް ފިހިފަައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ގޭސް ފުޅިއަކުން ލީކުވެގެން ރޯވި ތިނަދޫ

އެ ހޮސްޕިޓަލުން ބުނީ އެ އެންމެންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށާއި އެ މީހުންނަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ.

ފިހުނު ހަތަރު މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑުގެ 60 ޕަސެންޓް ވަނީ ފިހިފަ އެވެ.. ނަމަވެސް، އޭނާގެ ފުރާނައަށް ނުރައްކާވާ ވަރަށް ހާލު ސީރިއަަސް ނޫން ކަމަށްވެ އެވެ.