ދުވަހުގެ ފެށުން ފުރިހަމަ ކޮއްލުމަށް ހެނދުނުގެ ކަސްރަތުގެ މުހިންމުކަން ބޮޑުކަަމަށް ދިރާސާތަކުން ދައްކާފައިވާއިރު ރަނގަޅު ސިއްޚަތެއްގައި ހުރުމުގެ އިތުރުން ހެނދުނު އޮފީހަށް ދާ މީހަކަށް ނަމަ އޭނާގެ އެދުވަހެއްގެ މަސައްކަތް ފަށައިގަތުމަށް ވެސް ހެނދުނުގެ ކަސްރަތު އެހީވެދެ އެވެ.
ބަލިތަކުން ސަލާމަތް ވުމަށްވެސް އެންމެ މުހިންމު އެއްކަމެއްގެ ގޮތުން ބެލެވިފައިވާ ހެނދުނު ކަސްރަތުގެ ސަބަބުން އެތައް ފައިދާ ތަކެއްވެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ތިބާ ކުރާ މަސައްކަތް ވެސް ފުރިހަމަ ވެފައި ރަނގަޅުވާނެ އެވެ. އަދި މަސައްކަތަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ އެވެ. އެދުވަހަކަށް ނިންމަންޖެހޭ މަސައްކަތްތަށް އެންމެ ފުރިހަމަކޮއް ގަޑިއަށް ނިންމުމަށް އިތުރަށް ހިތްވަރު ލިބިގެން ދާނެ އެވެ.
ހަމައެއާއެކު ހެދުނު ހޭލައިގެން ކަސްރަތު ކޮއްލައިގެން އޮފީހަށްދާ މީހާގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުމާއި ތާޒާކަން ފެންނާނެ އެވެ. އެ ދުވަހެއްގައި އެމީހަކު މަސައްކަތް ކުރާނީ ވަރަށް ވެސް ހަމަޖެހިލައިގެން ހިތް ހަމަޖެހުމާއެކު އެވެ.
މީ ގެއިތުރުން މީހާ ދުޅަހެޔޮކޮށް ރީތި ހުރުމަށްވެސް އެންމެބޮޑަށް ކަސްރަތުން އެހީ ފޯރުވައިދޭ އެއްވަގުތަކީ ހެނދުނެވެ. ހެނދުނުގެ ވަގުތު އިރުގެ ދޯދިތތަކުން ލިބޭ ވިޓަމިން ޑީ އަކީ ހަންގަނޑުގެ ދުޅަހެޔޮ ކަމަށް މުހިއްމު މާއްދާ އެކެވެ.
އެހެންކަމުން މިއަދު އަޅުގަނޑުމެން އާދަޔަކަށް ހަދަންވީ ހެނދުނު ހޭލައިގެން އޮފީހަށް ދިއުމުގެ ކުރިން ކަސްރަތު ކުރުމަށެވެ. ދުވަސް ފަށައިގަތުމުގެ ކުރިން ހަރަކާތްތެރިވެ ރަނގަޅު ނާސްތާއެއް ވެސް ކުރާށެވެ.
ފުރަތަމަވެސް ހުރިހާކަމެއް ރަނގަޅުވާނީ ފަތިސްނަމާދުން ފެށީމަ