ދައުލަތުގެ ރިޒާވްގެ ތެރެއިން ބޭނުން ކުރެވޭނެ މިންވަރު ނުވަތަ ޔޫޒަބްލްގައި މިހާރު ހުރީ 216 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

މިދިޔަ ހަފްތާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތު ރިޒާވްގެ ތެރެއިން ބޭނުން ކުރެވެން ހުންނަ ރިޒާވް އާއްމުނުކުރާތީ ނޫސްވެރިންގެ ސުވާލުތައް އަމާޒުކޮށްފައިވެ އެވެ. އަދި މިހާރު ޔޫޒަބަލް ރިޒާވަކީ އާންމުކުރާ އަދަދެއް ނޫން ކަމަށް ރާއީސް ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން މެމްބަރުން ސުވާލުކުރުމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވީ އެމްއެމްއޭއިން މައިގަނޑު ގޮތެއްގައި ކުރާ އެއް މަސައްކަތަކީ އެކި ތަފާސްހިސާބުތައް އާންމުކުރުން ކަމަށެވެ. އަދި މިހާތަނަށް ހުރިހާ ތަފާސްހިސާބެއް ވެސް އާއްމުކޮށްފައިވާނެ ކަމަށާއި، މިހާރު ނެރެފައި ހުރި ތަފާސްހިސާބުތަކުން ޔޫޒަބްލް ރިޒާވް ނުވަތަ ނެޓް ރިޒާވް ގުނާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭއިން ބުނިގޮތުގައި ނެޓް ރިޒާވް އާންމުކުރާ އޫސޫލަށް ބަދަލު ގެނައީ އައިއެމްއެފްއިން އެކަމަށް ލަފާ ދިނުމުންނެވެ. އަދި މިހާރު ވެސް ނެޓް ރިޒާވް ވަކިން އާންމުނުކުރި ނަމަވެސް އެމްއެމްއޭގެ ތަފާސްހިސާބުތައް ބެލީމަ އެކަން އެނގޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

2018 ގައި އައިއެމްއެފްއިން އިރުޝާދު ދިނީ އެއީ އެބޭފުޅުން ވަރަށް ކުރިން ގެންގުޅުނު މިންގަނޑެއް ކަމަށް. މިހާރު ގައުމުތަށް އަޅާ ކިޔާއިރު ގެންގުޅޭ މިންގަނޑެއް ނޫނޭ އާ މިންގަނޑަށް ދާށޭ. މިހާރު އެއޮތީ އެ މިންގަނޑާއި އެއްގޮތައް ޑޭޓާ ޕަބްލިޝްކޮށްފައި. އެ ޑޭޓާތަކުން ނެޓް ރިޒާވް ކަލްކިއުލޭޓް ކުރެވޭނެ. ބައެއް ބޭފުޅުންނަށް އެނގޭނެ އެ ކަލްކިއުލޭޓް ކުރާނެ ގޮތް،
ހާޝިމް

"2018 ގައި އައިއެމްއެފްއިން އިރުޝާދު ދިނީ އެއީ އެބޭފުޅުން ވަރަށް ކުރިން ގެންގުޅުނު މިންގަނޑެއް ކަމަށް. މިހާރު ގައުމުތަށް އަޅާ ކިޔާއިރު ގެންގުޅޭ މިންގަނޑެއް ނޫނޭ އާ މިންގަނޑަށް ދާށޭ. މިހާރު އެއޮތީ އެ މިންގަނޑާއި އެއްގޮތައް ޑޭޓާ ޕަބްލިޝްކޮށްފައި. އެ ޑޭޓާތަކުން ނެޓް ރިޒާވް ކަލްކިއުލޭޓް ކުރެވޭނެ. ބައެއް ބޭފުޅުންނަށް އެނގޭނެ އެ ކަލްކިއުލޭޓް ކުރާނެ ގޮތް،" ހާޝިމް ވިދާޅުވި އެވެ.

ދައުލަތުގެ އިންފްލޭޝަން މައްޗަށްގޮސް، ރިޒާވް ހުސްވެދާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އެކަމަށް އިޝާރާތްކުރައްވައި ގަވަރުނަރު ވިދާޅުވީ، ދައުލަތު ރިޒާވް ހުރި ހާލަތާއި މިހާތަނަށް ފެންނަން ހުރި ހިސާބުތަކުން އެ ހާލަތަށް އަދި ދާނެކަމަށް ނުބެލެވޭ ކަމަށެވެ.