ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބީ ޕްރަކް އާއި އަންހެނުން މީރާ ބަޗަންގެ ދެ ވަނަ ދަރިފުޅު ވިހެއުމުގެ ތެރޭގައި މަރުވެއްޖެ އެވެ.

ބީ ޕްރަކް މިކަން އިއުލާނުކޮށްފައިވަނީ އޭނާ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި އެވެ.

އެޕޯށްޓްގައި ޕްރަކް ބުނެފައިވަނީ މައިބަފައިންގެ ހައިސިއްޔަތުން މިވަގުތަކީ ވަރަށް ވެސް ހިތާމަވެރި ވަގުތެއް ކަމަށެވެ. އަދި އެ މީހުންގެ ދެ ވަނަ ދަރިފުޅު ވިހެއުމުގެ ތެރޭގައި މަރުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެންމެ ފުން ވޭނަކާއެކު، އަހަރެމެންނަށް އިއުލާން ކުރަން ޖެހޭނީ އަހަރެމެންގެ އަލަށް އުފަންވާ ދަރިފުޅު އުފަންވާ ވަގުތު މަރުވެއްޖެ، އެއީ މައިންބަފައިންގެ ގޮތުގައި އަޅުގަނޑުމެން މިދަނީ އެންމެ ވޭންދެނިވި މަރުހަލާ، އަދި ނިމުމެއް ނެތް މަސައްކަތާއި އެއްބާރުލުން ދެއްވި ހުރިހާ ޑޮކްޓަރުންނަށާއި މުވައްޒަފުންނަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން. މި ގެއްލުމުގައި އަޅުގަނޑުމެން އެންމެންވެސް މިތިބީ ވަރަށް ބޮޑަށް ހާސްވެފައި ކަމަށާއި މިވަގުތު އަޅުގަނޑުމެންނަށް ޕްރައިވެސީ ދެއްވުމަށް ތިޔަ ހުރިހާ ބޭފުޅުންވެސް އެދެން،" ބީ ޕްރަކް ބުންޏެވެ.

ޕްރާކްގެ މި އިންސްޓަގުރާމް ޕޯސްޓު ކޮށްފައިވަނީ ޕްރާކް އާއި މީރާގެ ފަރާތުން ކަމަށް ވެސް މި ޕޯސްޓުގައި ލިޔެފައިވެ އެވެ.

ޕްރާކްއާއި މީރާ ކައިވެނި ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ. މި ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބިފައިވަނީ 2020 ވަނަ އަހަރު އެވެ.

މިދިޔަ އަހަރު ޕްރާކަށް ވަނީ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އެވޯޑު ލިބިފަ އެވެ. ނެޝަނަލް ފިލުމު އެވޯޑްސްގައި ޕްރާކަށް އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އެވޯޑު ލިބިފައިވަނީ ފިލުމު ''ކޭސަރީ'' އަށް ކިޔާފައިވާ ލަވަ ''ތެރީ މިއްޓީ'' އަށެވެ.