އަހަރުގެ ފުރަތަމަ ހަމަސް ނުނިމެނީސް ދިވެހި ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާކޮށްދޭ ގައުމީ ހެލްތު އިންޝުއަރެންސް ސްކީމް އާސަންދައަށް މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓް ހުސްވެއްޖެ އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓްގައި އާސަންދަ ސްކީމަށް ކަނޑައަޅާފައިވަނީ 730 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 795 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި އާސަންދަ ސްކީމުން ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ 658 މިލިއަން ރުފިޔާ އެވެ.
އާސަންދައަށް ބޮޑު އަދަދެއް ހަރަދުވެގެން ގޮސްފައިވާއިރު، މި ހަރަދުތައް ގިނައިން ދަނީ ރާއްޖޭން ބޭރުން ބޭސް ފަރުވާ ހޯދުމަށްކަން ފާހަގަ ކޮށްލެވެ އެވެ.
ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ އޭޕްރީލް މަހު ވިދާޅުވީ އާސަންދައިގެ ސިޔާސަތަށް ބަދަލެއް ގެނައުމަށްޓަކައި އާސަންދަ ކުންފުންޏާ އެކު ސަރުކާރުން މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ ނިންމުންތައް ހިމެނޭ ގޮތަށް ރިޕޯޓެއް އެކުލަވާލުމަށްފަހު މަޖިލީހަށް ފޮނުއްވާނެ ކަމުގަ އެވެ.
ނަސީމް ވިދާޅުވީ އެކި ބަލިތަކަށް ފަރުވާ ދިނުމަށް އާސަންދަ އިން 1.2 ބިލިއަން ރުފިޔާ އަހަރަކު މިހާރު އެވްރެޖުކޮށް ހަރަދުކުރާ ކަމަށެވެ. އާސަންދަ އިން ހިދުމަތް ހޯދުމުގައި އެތައް މައްސަލަތަކެއް ހުރި ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އާސަންދަ އިން ކަންކަން ކުރެވެމުންދާ ކަމަށް ނުސީދާ ގޮތަކަށް އެއްބަސްވެވަޑައިގެންނެވި އެވެ.
ހުސްނުވިއްޔާދެރަތާ! ވެރިކަމުގެ މަތިފަޑީގައިތިބި މީސްމީހުނާގުޅުންހުރި މުއްސަދިއާއިލާތަކަށްވެސް ލައްކަ ލައްކަ އިން އާސަންދަ ދީފައެބަހުރި. ހުސްނިވިއްޔާދެރަތާ. ފާގީރު ދެރަސޮރަށް ދެރަގޮތް. ވެރިކަމުގަ ތިބެހަދަނެއެއްޗެއް ހަދަނީ . ވާއެއްނުވާއެްނޭގޭ.