އޮފީހުގައި ވިޔަސް ނުވަތަ އެހެން ތަނެއްގައި ވިޔަސް ކަމެއް ނެތި ގިނަ ވަގުތު އިންނަން ޖެހޭނަމަ އަނގައަށް އެއްޗެއް ލައި ހަފާލަ ހަފާލަ އިނުމަކީ އާދައެކެވެ. މިގޮތަށް ކޫސަނި ކެއުންތައް ކާއިރު ގިނަފަހަރު ކެވެނީ ހަށިގަނޑަށް ގެއްލުންހުރި ބާވަތެއް ނަމަވެސް މިހެން ކާން ބޭނުންވާނަމަ ކާންވީ އާމަންޑްސް އެވެ.
އާމަންޑްސްގައި ހިމެނޭ ވިޓަމިންސް އަދި މިނަރަލްސްގެ ސަބަބުން ފީވެފައި ހުންނަ ކަށިތަކަށް ދިރުން ގެނެސްދީ ކަށިތައް ވަރުގަދަ ކުރުމަށް އެހީވެދެ އެވެ.
އައާއެކު ހިތުގެ ބަލިތަކުން މީހާ ރައްކާތެރިކޮށްދިނުމުގައި ވެސް އެހީތެރިވެދޭ އަލްމަންޑަކީ ކޮލެސްޓްރޯލް ދަށްކޮށްދޭ އެއްޗެއް ވެސްމެ އެވެ. އެއިން ހަށިގަނޑު ތާޒާކޮށްދީ ފެޓްސްގެ ބައި ދަށްކޮށްދެ އެވެ.
ހަށިގަނޑު ފަލަވިޔަ ނުދީ އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ އާމަންޑަކީ ސިކުނޑިއަށް ވެސް ވަރަށް ރަނގަޅު އެއްޗެކެވެ. ސްޓްރެސް ވެފައި ހުންނަ ވަގުތުތަކުގައި އަލްމަންޑް ކޮޅެއް ކާލުމުން ސިކުނޑިއަށް ލުއިކަމެއް ލިއްބައިދޭ ކަމަށް ވެއެވެ.
އޭގެ އިތުރުން ގަވާއިދުން އަލްމަންޑް ކާނަމަ ކެންސަރު ޖެހުމުން ދުރުކޮށްދީ ހަމުގެ ބަލިތަކުން ވެސް މީހާ ދުރުކޮށް ދިނުމަށް އެހީތެރިކަން ލިބެ އެވެ. އާމަންޑް ކެއުމުން، ހަންގަނޑަށް ޖެހޭ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދޭއިރު ދަތްޕިލައިގެ ސިއްހަތަށް ވެސް އާމަންޑް ވަރެއް ނެތެވެ.
މާބަނޑު އަންހެނުންވެސް އާމަންޑް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެ ކެއުމުން ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ރަނގަޅު ފައިދާތަކެއްކުރާކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.
އެހެން ކަމުން ދެން ފޫހިވެގެން އެއްޗެއް ކާލަން ބޭނުންވާ ފަހަރަކު ނަމަ އާމަންޑްސް ޚިޔާރު ކުރާށެވެ.