ގްރީން ޓީއަކީ ފަހަކަށް އައިސް ގިނަ ބައެއްގެ މެދުގައި މަގްބޫލް ބުއިމެކެވެ.
ސުވާލަކީ ގްރީންޓީއަކީ އޭގެ ޒާތުގައި އެބުނާ މިންވަރަށް ހަށިގަނޑަށް ފައިދާ ކުރާ އެއްޗެއްތޯ އުފެދޭ ސުވާލެވެ.
ގްރީން ޓީގައި ގިނަ އަދަދަށް ހިމެނޭ އެންޓީއޮކްސިޑެންޓްސްގެ ސަބަބުން ކެންސަރުފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިކުރުވާ މާއްދާތައް މަދު ކޮށްދޭއިރު ހަށިގަނޑުގެ ޕީއެޗް ލެވެލް ވެސް ދަށްކޮށްދެ އެވެ.
މި ބުއިމުގަައި މީހާގެ ދަތްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދޭ މާއްދާތަކެއް ވެސް ހިމެނޭ ކަމަށް ދިރާސާތަކުން ވަނީ ދައްކާފަ އެވެ. އެތައް ކެލޮރީއެއް ނައްތާލަދޭ ބުއިމެއްގެ ގޮތުގައި ގްރީން ޓީވެފައިވާއިރު ބަރުދަން ލުއިކުރުމަށް ވެސް މިވަރެއް ނެތް ކަމަށް ބުނެވެ އެވެ.
އެހެން ނަމަވެސް މިއިން ލިބޭ ގެއްލުންތައް ވެސް އެބަހުއްޓެވެ. ގްރީންޓީ ބުއިމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ބަލާއިލާއިރު، މީހާގެ ހަށިގަނޑު ފަސޭހައިން ވަރުބަލި ކޮށްލާއިރު ބަނޑުގައި ރިއްސުން ފަދަ މައްސަލަތަކަކީ އާންމުގޮތެއްގައި ދިމާވާ ކަންކަންކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ވެސާ މި ބުއިމަކީ ހަށިގަނޑުގައި ވާ ޖަރާސީމުތައް ނައްތާލަދޭ ބުއިމަކަށްވުމުން ހަށިގަނޑުގައިވާ ރަނގަޅު ޖަރާސީމުތައް ވެސް ނެތި ދިފާއީ ނިޒާމު ބަލިކަށިވެ އެވެ.
ދެން ގްރީން ޓީއެއް ބުއިމުގެ ކުރިން އެއިން ލިބޭ ފައިދާއާއި ގެއްލުން މިނުން ރަނގަޅުވާނެ އެވެ.