ކ. ގުޅިފަޅު ކައިރީގައި އަޅާފައި އޮތް 1،000 ޓަނުގެ ބޯޓެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ހެނދު ވިދާޅުވީ ކ. އަތޮޅު ގުޅީފަޅު ކައިރީ އަޅާފައި އޮތް "ވިކްޓޯރިއާ 301" ނަމަކަށް ކިޔާ ބޯޓެއްގެ އިންޖީން ރޫމަށް ދިޔަވާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑްގެ ސްކޮޑްރޮން އިން ޑައިވަރުންނާއިއެކު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މިބޯޓްގައި އަށް ދިވެހި ފަޅުވެރިން އެބަތިބި ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވި އެވެ. މިބޯޓަށް ދިޔަވާ ކަމުގެ ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 08:00 ގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ދިގުމިނުގައި 60 މީޓަރު ހުންނަ ބޯޓުން ދިޔަ ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އިން އަދިވެސް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ވިވްކޯ ކޮމްޕެނީން "ވިކްޓޯރިއާ 301" އަކީ ތެޔޮ އުފުލާ ބޯޓެކެވެ. މިބޯޓު މިހާރު ގުޅީފަޅު ކައިރީގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށްވެ އެވެ.