އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ "ބިގް ބޮސް" އަކީ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ރިއަލިޓީ ޝޯ އެވެ. މިހާރު އަންނަނީ "ބިގް ބޮސް އޯޓީޓީ" ގެ ދެ ވަނަ ސީޒަން އާއި "ބިގް ބޮސް 16" ވަނަ ސީޒަން ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

"ހަތުރޯން ކޭ ކިލާޅީ" ގެ 12 ވަނަ ސީޒަން ފެނިގެން ކުރިއަށްދާއިރު އެޝޯގައިވެސް ވަނީ ޓީވީ ގިނަ މަގުބޫލު ތަރިންތަކެއް ބައިވެރިވެފަ އެވެ. ކުރިއަށް ހުރި ރިއަލިޓީ ޝޯތަކުގައިވެސް މިތަރިންނާއި ބައެއް މަގުބޫލު ޓީވީ ތަރިން ބައިވެރިވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެގޮތުން "ބިގް ބޮސް އޯޓީޓީ" ސީޒަން ދޭ ގައި ބައިވެރިވާނެ ކަމަށް ރިޕޯޓް ލިބޭ ބައެއް ތަރިންނަށް ބަލާލަމާ

ހިނގާށެވެ.

https://www.instagram.com/p/CfPL5rOqAPu/?hl=en

މަޝްހޫރު ޓީވީ އެކްޓަރު އަދި "ހަތުރޯން ކޭ ކިލާޅީ 11" ކާމިޔާބު ކުރި އަރްޖުން ބިޖްލާނީ މިފަހަރު "ބިގް ބޮސް އޯޓީޓީ"ގައި ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

https://www.instagram.com/p/CfREC4HLWwi/?hl=en

އަރުޖުންގެ އިތުރުން ދެން "ބިގް ބޮސް އޯޓީޓީ"ގައި ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނާ އަނެއް ޓީވީ ތަރިޔަކީ ދިވްޔަންކާ ޓްރިޕާތީ އެވެ. ދިވްޔަންކާ އަކީ "ޔޭ ހޭ މޮހައްބަތޭން" އަދި "ހަތުރޯން ކޭ ކިލާޅީ 11" އިންވެސް ފެނިގެން ގޮސްފައިވާ ތަރި އެކެވެ. އެހެން ނަމަވެސް މީގެ ކުރިން ދިވްޔަންކާ ވަނީ ބިގް ބޮސް އަށް ގުޅުމަށް ދެކޮޅު ހަދާފަ އެވެ.

"ބިގް ބޮސް އޯޓީޓީ" ދެން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނާ އަނެއް ބައިވެރިޔަކީ ކަންގަނާ ރަނައުތު ހޯސްޓްކުރި "ލޮކް އަޕް" ކާމިޔާބު ކުރި މުނަވަރު ފާރޫގު އެވެ.

https://www.instagram.com/p/CfbQtDkMO5g/?hl=en

މީގެ އިތުރުން މިހާރު ކުރިއަށްދާ "ހަތުރޯ ކޭ ކިލާޅީ 12" ގެ ބައިވެރިންތަކެއްވެސް މިފަހަރުގެ ސީޒަންގައި ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެގޮތުން ޖަންނަތު ޒުބައިރު އާއި ޝިވަންގީ ޖޯޝީ އަދި ސޯޝަލް މީޑިއާގެ އިންފްލޫއެންސަރު ފައިސަލް ޝައިހްވެސް ބައިވެރިވާނެ އެވެ.

https://www.instagram.com/p/CfjExyGLDCO/?hl=en

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ "ބިގް ބޮސް" ސީޒަންގައި މީގެ ކުރިން ޓީވީއިން ނެގެސްދީފައިވާ ރިއަލިޓީ ޝޯތަކުގައި ބައިވެރިވެފައިވާ ބައެއް ފަންނާނުން ބައިވެރިވާނެ އެވެ.

https://www.instagram.com/p/Cfa2l1xKR6i/?hl=en

އެގޮތުން "ސްޕްލިޓްސްވިލާ" އާއި "ރޯޑީސް"ގައި ބައިވެރިވެފައިވާ ފަންނާނުން ހިމެނެ އެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ފަންނާނުންގެ ތެރޭގައި ޖޭ ދުދާނު އާއި ކެޓް ކްރިސްޓިއަން އާއި ކެވިން-އަލްމަސިފަރު އާއި ބަސީރު އަލީ އަދި އަރޫޝީ ދައްތާ ހިމެނެ އެވެ.

https://www.instagram.com/p/CbpCONxr-Ej/?hl=en

މިފަހަރުގެ ސީޒަންގައި ހޯސްޓެއް ގޮތުގައި ކަރަން ޖޯހަރު ފެނިގެން ނުދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. "ބިގް ބޮސް އޯޓީޓީ" ސީޒަން 2 ހޯސްޓް ކުރާނެ ފަންނާނަކާ ބެހޭ ގޮތުން އެކި ފަހަރު އަންނަނީ ތަފާތު ވާހަކަތަކެއް ފެތުރެމުންނެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ހޯސްޓް ކުރާނެ ކަމަށް ބުނި ނަމަވެސް އެވާހަކަވެސް މިހާރު ވަނީ ދޮގުކޮށްފަ އެވެ.