މާލޭ ސަރަހައްދުގައި އަޟްޙާ އީދު ނަމާދު ބޮޑު ޖަމާއަތުގެ އިތުރުން 32 މިސްކިތެއްގައި ވެސް ކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކޭ އެފަދައިން މާފަންނު ސްޓޭޑިއަމާއި ވިލިމާލެ ފުޓްބޯޅަ ދަނޑު އަދި ހުޅުމާލެގެ ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެ ކަމަށެވެ. އަދި މީގެ އިތުރުން 32 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެމިނިސްޓްރީން ބުނެ އެވެ. އެގޮތުން އީދު ނަމާދު ކުރުމަށް ހަމަޖައްސާފައިވާ މިސްކިތްތަކަކީ:

  • މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
  • މަސްޖިދު މަލިކި ސަލްމާން
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
  • މަސްޖިދުލް ފުރްޤާން
  • މަސްޖިދުއް ނޫރު
  • މަސްޖިދުއް ޝަހީދު ޢަލީ
  • މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް
  • މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން
  • މަސްޖިދު ޞަލާޙުއްދީން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)
  • މަސްޖިދު އިސްކަންދަރު
  • ވަގުތީ މިސްކިތް (ބޮޑުގެ)
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން
  • މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ
  • މަސްޖިދު ޢަފީފުއްދީން
  • ޒިޔާރަތް މިސްކިތް
  • މަސްޖިދުލް ބިއްރި (ވިލިމާލެ)
  • މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ)
  • ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)
  • މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)
  • މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)
  • މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
  • މަސްޖިދުއް ސަބީލް (ހުޅުލެ)
  • މަސްޖިދުލް އިންތިޞާރު (ހުޅުލެ)

މިނިސްޓްރީން ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ހެދުމަށް ކަނޑައެޅިފައިވާ ތިން ސަރަހައްދުގައި، އީދުގެ ބޮޑު ޖަމާއަތް ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި އީދު ނަމާދުކުރާނެ ކަމަށެވެ.

މިއަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.