ބަޔަކު ގެންގުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިޖާމާ ޖައްސަވަން އޮއްވާ ނަގާފައިވާ ފޮޓޯއެއް ކަމަށް ނުބުނާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހުގެ ހަބަރުތައް އެޑިޓުކޮށްގެން ހަގީގަތް އޮޅޭ ގޮތަށް ސޯޝަލް މީޑިއާގައި ދައުރުކުރާތީ ކަންބޮޑުވުން ފާޅުކުރައްވާ މަބްރޫކް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެ ހަބަރަކީ އެޑިޓުކޮށްފައިވާ ހަބަރެއް ކަމަށާއި ބަޔަކު ގެންގުޅެނީ ރައީސް ހިޖާމާ ޖައްސަވަން އޮތް ފޮޓޯއެއް ކަމަށް ވިދާޅު ނުވާ ކަމަށެވެ. އަދި އެ ހެޑްލައިންގައި އެއްވެސް ހަބަރެއް ޝާއިއުކޮށްފައި ނުވާކަން "މިހާރު" ނޫހުން ވެސް ކަށަވަރު ކޮށްދީފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
އެއް ޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކުރުމުން ނުރުހުންވެ ރައީސް ނަޝީދު އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި ވިދާޅުވެފައިވަނީ ރައީސް އަންހެން ކުއްޖަކާއެކު ޒިނޭކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ނަމަވެސް ރައީސްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައި ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ ހަގީގަތެއް ނޫންކަމަށް ބުނެ މަބްރޫކް ވަނީ މީގެ ކުރިން އެކަން ދޮގުކުރައްވާފަ އެވެ.
 މިއީ ދިރިއުޅުމަށް ހާސްކަން ގެނުވާ އާއްމު އާދަތަކެއް!
			މިއީ ދިރިއުޅުމަށް ހާސްކަން ގެނުވާ އާއްމު އާދަތަކެއް!
		 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 ތައިލެންޑުގެ އިންހެލާ ފުޅީގެ ބެޗެއް ތަޣައްޔަރުވެއްޖެ
			ތައިލެންޑުގެ އިންހެލާ ފުޅީގެ ބެޗެއް ތަޣައްޔަރުވެއްޖެ
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					