ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 1862 ސާމްޕަލްގެ ތެރެއިން 21 ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 20 މީހުންނާއި ރިސޯޓަކުން ޕޮޒިޓިވްވި މީހެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13،070 އަށް އަރާފައެވެ. އަދި އެ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 12،001 އެވެ.

އެ ބައްޔަށް މިހާރު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 1،015 އެވެ. އޭގެތެރެއިން 91 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެނެވެ.

އެ ބަލީގައި ރާއްޖެއިން މިހާތަނަށް 47 މީހުން ވަނީ މަރުވެފަ އެވެ.