ފާއިތުވި 24 ގަޑިއިރުގައި ނެގި 1،801 ސާމްޕަލް އިން 36 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 32 މީހުންނާއި ރިސޯޓުތަކުން ފެނުނު ދެ މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން ފެނުނު ދެ މީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 13،106 އަށް އަރާފަ އެވެ. އެ ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12،154 އަށް އަރާފަ އެވެ.

މިހާރު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 898 އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނީ 86 މީހަކަށެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 47 މީހުން ވަނީ މަރުވެފަ އެވެ.