އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.

އެމްޑީޕީއިން ބުނީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ހެނދުނު 11 ޖަހާއިރު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އެބައްދަލުވުން އޮންނާނީ ޕާޓީ އޮފީހުގައި ކަމަށްވެސް އެމްޑީޕީއިން ބުނެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތްފައިވަނީ މިއަދު ހެނދުނު އެވެ.

ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވަން ހަމަޖައްސަވާފައިވާއިރު އެ މަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ބަންދުކުރުމުން ނަޝީދު ވަނީ ރައީސް ސޯލިހަށް ފާޑުވިދާޅުވެފަ އެވެ. އަދި ރައީސް ސޯލިހުގެ ބަރަހާނާ ފޮޓޯތަކެއް ހުރި ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ވަނީ އިންޒާރު ތަކެއްވެސް ދެއްވާފައެވެ.

އެހެން ނަމަވެސް ރައީސްގެ އެފަދަ ފޮޓޯތަކެއް ނުހުންނާނެ ކަމަށް ވިދާޅުވެ ރައީސް އޮފީހުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އޭގެފަހުން ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ފޯނު ފޭރިގެންފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީ ތެރޭގައި ވަނީ ވަރަށް ބޮޑަށް ބައި ބައިވުން ވަނީ އުފެދިފަ އެވެ.

ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވާއިރު މި މަހުގެ އެގާރަ ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.