މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މެލޭޝިއާގެ ނޯތު ޕޯޓާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ރާއްޖޭގެ ކޮމާޝަލް ހާބަރުތައް ހިންގާ ކުންފުނިން މިއަދު ބުނީ މެލޭޝިއާގެ ނޯތު ޕޯޓާއެކު އެމްއޯޔޫއެއްގައި ސޮއިކުރީ ދެ ފަރާތަށް ވެސް ފައިދާ ގޮތަށް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ކަމަށެވެ.
އެމްޕީއެލްގެ ޗެއާމަން މުހައްމަދު ޝަރީފާއި ސީއީއޯ ޝާހިދު އަލީ އާއި އެ ކުންފުނީގެ ބައެއް އިސްވެރިން ވެސް ބައިވެރިވަޑައިގެންނެވި މި ރަސްމިއްޔާތުގައި ދެ ކުންފުނި ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށް އެމްޕީއެލް އިން ބުނެ އެވެ.
މެލޭޝިއާގެ އެންމެ ބޮޑު ވިޔަފާރީގެ ބަނދަރު، ޕޯޓް ކްލާންގް ހިންގާ ކުންފުންޏަކީ މެލޭޝިއާގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ.
ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިންގެ މަންފާ ގިނަ ބަޔަކަށް
ރައީސާ ބައްދަަލުކުރަން އިތުރު 8 ދާއިރާއަކަށް ފުރުސަތު
އެމެރިކާގެ މުހިންމު އިދާރާތަކަށް ޗައިނާގެ ހެކަރުންގެ ހަމަލާތަކެއް