މާލޭގެ މަސް މާރުކޭޓް މަތީގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބުނާ ތަނެއް ބަންދުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު މަސް މާރުކޭޓްގެ ވަކި ތަނެއް ބަންދުކުރީ އެކި ބޭނުންތަކަށް މާރުކޭޓުގެ ތަންތަންކޮޅު ކުއްޔަށް ނަގައިގެން އުޅޭ މީހުންނަށް އެތަނުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުދަނގޫ ބޮޑުވެ، ޝަކުވާ ލިބެމުން ދިއުމާ ގުޅިގެންނެވެ.
މަސް މާރުކޭޓް މަތީގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބުނާ ތަން ބަންދުކުރީ ޕޮލިސް ކޮންސްޓިބިއުލަރީ އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި މާލޭގެ ކައުންސިލަރުން އެތަނަށް ދިއުމަށްފަހު އެވެ. އެތަނުގެ ފުރަތަމަ ފަންގިފިލާގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިޔައީ އެއްވެސް ބަޔަކަށް ކުއްޔަށް ނުދީ ހުސްކޮށް ހުރި ތަނެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.
މަސްމާރުކޭޓު މަތީގައި ބަޔަކު މަސްތުވާތަކެތި ބޭނުންކުރަން ތިބި ވީޑިއޯއެއް ސޯޝަލް މީޑިއާގައިވެސް ވަނީ ދައުރުވެފަ އެވެ. މިތަނުގެ އިތުރުން މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި އާއްމުކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ބޭނުންކުރާކަމުގެ ޝަކުވާތައް އާއްމު ރައްޔިތުންގެ ފަރާތުން ސޯޝަލް މީޑިއާގައި ކުރަމުންދެ އެވެ.
ބީއެމްއެލްގެ ކޯޕަރޭޓް ނިންމުމާއެކު ހިއްސާގެ ބާޒާރުގެ މާކެޓް މަތި!
ސަރަހައްދީ ހަނގުރާމަ ހުއްޓުވޭނީ ހަމައެކަނި ޓްރަމްޕަށް: ސީސީ
ހޮރްމުޒް ނުހުޅުވުނަސް ހަނގުރާމަ ހުއްޓާލަން ތައްޔާރު: ޓްރަމްޕް