ރައީސް އަބްދުﷲ ޔާމީން އާލާސްކަންފުޅާ އުޅުއްވާތީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބުނެފައިވަނީ ޔާމީން އެދިވަޑައިގަތުމުން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ.
"އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބަލި ހާލަތު ހުރި ގޮތުން މިއަދުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށް އެދި ސިޓީއެއް ހުށަހަޅާފައިވާތީ މިއަދަށް ތާވަލުކުރެވިފައިވާ އަޑުއެހުން ކެންސަލް ކުރެވިފައިވާ ކަމުގައި ދަންނަވަން،" ކްރިމިނަލް ކޯޓުން ބުނެފައިވެ އެވެ.
މި މައްސަލައިގައި މިއަދަށް ތާވަލުކޮށްފައިވަނީ ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ދިފާއީ ތިން ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. މި މައްސަލައިގައި އިއްޔެ ވަނީ ދިފާއީ ހެކިންގެ ހެކިބަސް ނަގަން ފަށައިފަ އެވެ. އެގޮތުން ރައީސް ޔާމީންގެ ފުރަތަމަ ދިފާއީ ހެއްކެއްގެ ގޮތުގައި އިއްޔެ ކޯޓަށް ހާޒިރުކޮށްފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.
ހިމަބިހި ޖެހޭ މީހުންގެ އަދަދު އިތުރުވެ ޖުމްލަ 243 އަށް އަރައިފި
ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ރަށަކީ ރަސްމާލެ: މިނިސްޓްރީ