މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދޮގު ބަޔާން ދިން މައްސަލާގެ އަޑު އެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
ނޫމަޑި މައްސަލާގައި މޭޔަރު މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުން އޮންނާނީ މާދަމާ ހަވީރު 4:00 ގަ އެވެ.
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާއި އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަމަށާއި، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މުއިއްޒު ވަނީ ފުލުހަށް ވެސް މީގެ ކުރިން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް އޭނާ ހާޒިރުކޮށް ސުވާލު ކުރުމުން މާ ތަފްސީލާ ޖަވާބެއް ދެއްވާފައި ނެތުމުން މަޖިލީހަށް ވެސް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ފުލުހުންނަށް އެ މައްސަލަ ތަހުގީގު ކުރަން ފޮނުވައިފަ އެވެ
ޑރ.މުޢިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
މުއިއްޒު ނަހަދާނެ ތެދެއް. އެއީ ޑރ ކަރަޕްޓް. ދަތުރުވެރީން މާރުކޭޓް 3މިހުން 3 މީހުން ގެން ގެޮސްގެން ގުރުވަތު ލިމިހާ ދޯ. ގޮޅޮިތަށް ވެސް ވިއްކީ. މުއިއްޒުބޭބޭ!!!!!!. ވަގަކަށް ހާސް ދުވަސް ވެރިޔަކަށް ހާސް ދުވަސް