ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން އިތުރު ފްލެޓެއް ގަނެފި އެވެ.

އުމުރުން 79 އަހަރުގެ އަމީތާބް މިފަހަރު ގަނެފައި ވަނީ 12،000 އަކަފޫޓުގެ ބޮޑުމިނުގެ ފްލެޓެކެވެ. އަދި މިފްލެޓް ގަނެފައިވަނީ އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީގައި ފޯ ބަންގަލޯ ސަރަހައްދުންނެވެ. މިފްލެޓް ގަނެފައިވާ އަގެއް އަދި ހާމައެއް ނުކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރު އަމީތާބް ގަނެފައިވާ ފްލެޓަކީ އޭނާ ކުރާ އިންވެސްޓްމަންޓެކެވެ.

މީގެ ކުރިންވެސް 2020 ވަނަ އަހަރު މުމްބާއީ އަމީތާބް ވަނީ 5،184 އަކަފޫޓުގެ އެޕާޓްމަންޓެއް ގަނެފަ އެވެ.

މީގެ އިތުރުން މުމްބާއީގައި ހުންނަ އަމީތާބްގެ ޑަޕްލެކްސް އެޕާޓްމަންޓް ވަނީ ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނޯން ކުއްޔަށް ދޫކޮށްފަ އެވެ. މި އެޕާޓްމަންޓްފގެ ސެކިއުރިޓީ އަށް 60 ލައްކަ ރުޕީސް ވަނީ ދައްކާފަ އެވެ. އަދި މިތަނުގެ ކުލީގެ ގިތުގައި ކްރިތީ އަންނަނީ މަހަކު 10 ލައްކަ ރުޕީސް ދައްކަމުންނެވެ.

އެންމެ ފަހުން އަމީތާބް ބައްޗަން ފެނިގެންދިޔައީ "ބްރަހްމާސްޓްރާ" އިންނެވެ. އޭނާ ދެން ފެނިގެންދާނީ ސޫރާޖް ބަރްޖަތުޔާގެ ފިލްމު "އުންޗައި" ގައި ބޮމަން އިރާނީ އާއި އަނޫޕަމް ޚެރް އާއެކު އެވެ. އަދި ޕްރަބާސް އާއި ދީޕިކާ ޕަޑޫކޯން އާއެކު ނާގް އަޝްވިންގެ ނެކްސްޓް ފިލްމާއި ދީޕިކާ ޕަޑޫކޯން އާއެކު ދަ އިންޓަންގެ ރީމޭކް ވެސް އަމީތާބް ވަނީ ސޮއިކޮށްފަ އެވެ.