ހޮލީވުޑްގެ އެންމެ ނުފޫޒުގަދަ އަދި ކާމިޔާބު އެއް ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން، އޭނާގެ އެންމެ ފަހުގެ ފިލްމު "ދަ އޮޑިސީ"އަށްފަހު ފިލްމު އުފެއްދުމުގެ މަސައްކަތުން މަދުވެގެން ތިން އަހަރުގެ ބްރޭކެއް ނަގަން ނިންމައިފި އެވެ.
ނޯލަން ހާމަކުރި ގޮތުގައި މި ފިލްމުގެ މަސައްކަތަކީ އޭނާގެ ހަށިގަނޑާއި ސިކުނޑިއަށް ކެތް ކުރެވޭނެ އެންމެ މަތީ ދަރަޖައަށް ބާރު ބޮޑުވި މަސައްކަތެކެވެ.
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންދާ "ދަ އޮޑިސީ" އަކީ ނޯލަންގެ ކެރިއަރުގައި ވެސް އުފެއްދި އެންމެ ބޮޑު އަދި އެންމެ އުނދަގޫ އެއް ޕްރޮޖެކްޓެވެ.
ފިލްމުގެ މަސައްކަތް ހުރި ގޮތުން އޭނާގެ އަމިއްލަ ނަފްސު "ލިމިޓަށް" ގެންދަން ޖެހުނު ކަމަށާއި، އެހެން ކަމުން ދެން އައު ފިލްމެއްގެ މަސައްކަތް ފެށުމުގެ ކުރިން ދިގު މުއްދަތެއްގެ އަރާމެއް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
މި ފިލްމަކީ ރިލީޒްކުރި ފުރަތަމަ ހަފްތާ ބަންދުގައި އެކަނިވެސް ދުނިޔޭގެ ބާޒާރުން 264 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، ނޯލަންގެ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު ފެށުމެއް ލިބުނު ފިލްމަށް ވަނީ ވެފަ އެވެ.
މިއީ އޭނާގެ ކުރީގެ މަގުބޫލު ފިލްމުތައް ކަމަށްވާ "އޯޕެންހައިމާ" އަދި "ދަ ޑާކް ނައިޓް"ގެ ރެކޯޑްތަކަށް ވުރެ ވެސް ބޮޑު އާމްދަނީ އެކެވެ.
ނޯލަންގެ ފިލްމުތަކަކީ އަބަދުވެސް ސިނަމާގެ ސްކްރީންތަކުގައި ބެލުންތެރިން އަންތަރީސް ކޮށްލާ ފަދަ ތަފާތު މަންޒަރުތަކެއް ގެނެސްދޭ ފިލްމު ތަކެކެވެ.
ހާއްސަކޮށް 70 އެމްއެމް ސްކްރީންތަކަށް އަމާޒު ކޮށްގެން އޭނާ ކުރާ މަސައްކަތްތަކަކީ ފިލްމީ ދާއިރާގެ އެންމެން ފާހަގަކުރާ ކަމެކެވެ. އެހެންނަމަވެސް، މިފަދަ ބޮޑެތި މަސައްކަތް ތަކުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ.
މި ނިންމުމާއެކު، ނޯލަންގެ ސަޕޯޓަރުން އޭނާގެ ކުރިއަށް އޮތް ފިލްމެއް ބަލާލުމަށް މަދުވެގެން 2029 ވަނަ އަހަރާ ހަމައަށް އިންތިޒާރު ކުރަން ޖެހޭނެ އެވެ.
ފިލްމީ މާހިރުން ބުނާ ގޮތުގައި މިފަދަ ބޮޑު ކާމިޔާބީއަކަށްފަހު އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އައު ވިސްނުންތަކަކަށް ސިކުނޑި ހުޅުވާލުމަށް މިފަދަ ބްރޭކެއް ނެގުމަކީ ވަރަށް ބުއްދިވެރި ނިންމުމެކެވެ.
އަންހެނަކާ ގުޅުން ބޭއްވި ވަޒީރަކު އިސްތިއުފާ ދެއްވަން ޖެހިއްޖެ
ވަކިކުރި 37 މުވައްޒަފެއްގެ މައްސަލަ ޓްރައިބިއުނަލަށް
ކެޓްރީނާގެ އުފަން ދުވަހު ލައިގެން ހުރި ހެދުމުގެ އަގު އެނގޭތަ؟