ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު އެކްޓަރު މަހޭޝް ބާބޫގެ ކުރިއަށް އޮތް ފިލްމުގައި މާވެލްގެ އެވެންޖާޒްގެ އެކްޓަރު ކްރިސް ހެމްސްވޯތު ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަހޭޝް ބާބޫގެ ކުރިއަށް އޮތް ފިލްމަކީ އިންޑިއާގެ އެންމެ ހުނަރުވެރި އެއް ޑައިރެކްޓަރު ކަމަށްވާ އެސްއެސް ރާޖަމޯލީ މިހާރު އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ފިލްމު "އެސްއެސްއެމްބީ29" އެވެ.

މި ފިލްމުގައި ކްރިސްގެ ހާއްސަ ފެނިލުމެއް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކްރިސް ހެމްވާތު އެންމެ ފާހަގަ ކޮށްލެވެނީ އޭނާގެ ކެރެކްޓަރު ''ތޯރް'' އިންނެވެ.

ފިލުމު ''އާރްއާރްއާރް'' އަށް ފަހު ޑައިރެކްޓަރު ރާޖުމޯލީ ވަނީ އިންޑިއާ އިން ބޭރުގެ ގައުމުތަކުގައި ވެސް ފާހަގަ ކޮށްލެވޭ ގިނަ ބަޔަކު ދަންނަ ޑައިރެކްޓަރަކަށް ވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ކްރިސް ހެމްސްވޯތު ވެސް ރާޖުމޯލީގެ މި ފިލުމުގައި މަސައްކަތް ކުރުމަށް ނިންމާފައި ވަނީ ރާޖުމޯލީގެ ޑައިރެކްޝަން ބޭރުގެ ފަރާތްތަކުން ވެސް ބަލައިގަނެފައިވާތީ އެވެ.

ރާޖުމޯލީ އާއި މަހޭޝް ބާބޫ މިހާރު ދަނީ މި ފިލުމުގެ މަސައްކަތް ކުރަމުންނެވެ. މި ފިލުމަކީ މަހޭޝް ބާބޫގެ 28 ވަނަ ތެލެގޫ ފިލުމެވެ.

މި ފިލުމުން މަހޭޝް ބާބޫއާ އެކު ފެނިގެންދާނީ ޓްރިވިކްރަމް ސްރިނިވަސް އެވެ. މިއީ މަހޭޝް ބާބޫއާ އެކު ސްރިނިވަސް ކުޅޭ ތިންވަނަ ފިލްމެވެ.

މަހޭޝް ބާބޫ އާއި އެސްއެސް ރާޖަމޯލީ އާއި ކްރިސް

މި ފިލުމް އަޅުވާނެ ވަކި ތާރީހެއް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.

ގްރެފިކްސްގެ ބޮޑު މަސައްކަތެއް ވެސް ހިމެނޭ އެ ފިލްމުގެ ބައެއް ޝޫޓްކުރާނީ ޖަންގަލީގަ އެވެ.

ރާޖަމޯލީއަކީ ސިނެމެޓިކް ތަފާތު ތަޖުރިބާތައް ބެލުންތެރިންނާ ހިސާބަށް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. ބަހޫބަލީ އާއި އެ ފިލްމުގެ ދެވަނަ ބައި އަދި އޭނާ ޑައިރެކްޓްކުރި އާރްއާރްއާރްއަކީ ބްލޮކްބާސްޓާ ފިލްމުތަކެވެ.