އިންޑިއާއާއި ގުޅުން ނެތްނަމަ ޜާއްޖެ ނިކަމެތިވާނެ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގެ އަވަސް ފަރުވާދޭ ޔުނިޓް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ދުވަސްވީ ގުޅުން ނެތިގެން ގޮސްފި ނަމަ، އެއީ އެތައް ބަޔަކަށް ލިބޭނެ ނިކަމެތި ކަމެއް ކަމަށެވެ. އިންޑިއާއާއި އާއި ދެމެދު އޮންނަ ގާތް ގުޅުމުގެ ނަތީޖާ އެކަމަނާއަށް އެނގިވަޑައިގަންނަވާ ކަމަށާއި އެ ގުޅުން ބަދަހި ކުރަނީ އެއްވެސް އިތުރު ރޭވުމެއް އަދި ނުބައި ވިސްނުމެއް ނެތި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެ ބޭފުޅުން ވެސް ބޭނުން. އެ ބޭފުޅުންނަށް ވެސް އަޅުގަނޑުމެން ބޭނުން. އެއީ މި ކަނޑުގެ ސަލާމަތް އެ ބޭފުޅުން ބޭނުންވާތީ. މިއީ ވަރަށް ނާޒުކު ކަނޑެއް. މި ކަނޑުގެ ސަލާމަތާއި ދެ ގައުމު ވަރަށް ބޮޑަށް ގުޅިފައި އޮންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާ އާއި ރާއްޖޭގެ ގާތް އެކުވެރި ގުޅުން ނެތް ނަމަ އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ނިކަމެތި ކަމެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އަދި އެ މީހުންނަށް މި ގައުމުގެ ބާރު އެމީހުންގެ އަތްމައްޗައް ދޫކޮންނުލާށޭ
ބަލަ އަހަރުމެން މިތިބީ ބީތާވެފައެއް ނޫނޭ. ގުޅުން ނުބާއްވާށޭ ނޫނޭ މިކިޔަނީ. މި ގައުމުގައި އެމީގުންގެ މިލިޓަރީ ޖަގަހަ ނުޖަހާށޭ މިކިޔަނީ. ކަމަނާ ގަމާރީތަ؟