ދެކުނު އިންޑިއާގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކުން ޢާންމުންގެ މަގުބޫލުކަން ހޯދާފައިވާ ބަތަލާ ކާޖަލް އަގަރްވާލް އާއި ވިޔަފާރިވެރިޔާ ގައުޓަމް ކިޗްލޫއަށް މިއަހަރުގެ އޭޕްރީލް މަހު ވަނީ އަލަތު ދަރިފުޅު ލިބިފަ އެވެ.

އެ މީހުންގެ ދަރިފުޅު ނީލްއަށް ފަސް މަސްވެގެން ގޮސްފައިވާއިރު މިހާތަނަށް ކާޖަލްގެ ދަރިފުޅުގެ ފޮޓޯއެއް މިހާތަނަށް އައިރު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިނުވެ އެވެ.

ކާޖަލް އަށް ދަރިއަކު ލިބުނު ފަހުން އޭނާ ކޮންމެ ދުވަހަކު ވެސް މައެއްގެ ޒިންމާ އަދާކުރަމުން އަންނައިރު, އޭނާ ކުރާ މަސައްކަތްތަކުގެ އަޕްޑޭޓް ސޯޝަލް މީޑިއާގައި ދަނީ ހިއްސާކުރަމުންނެވެ. އެންމެ ފަހުން ކާޖަލް މިވަނީ އޭނާގެ ދަރިފުޅުގެ މޫނު ވެސް ދައްކާލާފަ އެވެ.

ކާޖަލް އޭނާގެ ދަރިފުޅާއެކު އެއާޕޯޓްގައި

ދާދި ފަހުން ފިރިމީހާ ގައުޓަމް ކިޗްލޫ އާއި ދަރިފުޅު ނީލް އާއެކު މުމްބާއީ އެއާޕޯޓަށް ދަތުރަކަށް ފުރައިގެން ދިޔައިރު، ޕަޕަރާޒީންނަށް ވަނީ އެ މީހުން ދަރިފުޅުގެ މޫނު ދައްކާލާފަ އެވެ. އަދި ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ފަހި ކޮށްދީފަ އެވެ. އަދި ގިނަ ސެލެބްރިޓީންނާ ހިލާފަށް ދަރިފުޅުގެ މޫނު ނިވާކުރަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

ކާޖަލް އޭނާގެ ދަރިފުޅާއެކު އެއާޕޯޓްގައި

ސެލެބްރިޓީން ދެކޭގޮތުގައި އެމީހުންގެ ދަރިންގެ މޫނު އެގޮތަށް ފޮޓޯ ނެގުމަކީ ޕްރައިވަސީއަށް އަރަގަތުމެވެ. ނަމަވެސް ކާޖަލް އޭނާގެ ދަރިފުޅުގެ ފޮޓޯ ނަގަން ހުޅުވާލުމުން ގިނަބަޔަކު ވަނީ އާޝޯހުވެފަ އެވެ. އަދި ކާޖަލަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.