މާލޭޭ ކޮމާޝަލް ހާބަރު ކައިރީގައި ހުންނަ ގަރާޖެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލް ކުރުމަށް އެމްޕީއެލްގެ މުވައްޒަފަކު ކުރި މަސައްކަތް އެ ކުންފުނިން ފާހަގަކޮށްފި އެވެ.
މާލޭގެ ވިޔަފާރި ބަނދަރާ ކައިރި ސަރަހައްދެއްގައި ހުރި ގަރާޖެއްގެ ބޭރުގައި މެންދުރު ހިނގި އަލިފާނުގެ އެ ހާދިސާގައި ސައިކަލެއްގައި ރޯވެ، މަގުމަތީގައި ދިޔައީ އަނދަމުންނެވެ.
ފުލުހުން ވެސް އެ ތަނަށް ގޮސް ތިއްބާ އަލިފާންގަނޑު ނިއްވާލީ އެ ތަނުގައި ހުރި އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމެންޓުގެ މުވައްޒަފެއް ކަމަށްވާ އާދަމް ޝަޒީލް އެވެ.
އެމްޕީއެލްއިން ވަނީ ޝަޒީލް އަލިފާން ނިއްވުމުގައި އުޅޭ ތަން ފެންނަ ވީޑިއޯއެއް ވެސް ޓުވީޓާގައި އާންމުކޮށްފަ އެވެ.
އަލިފާންގަނޑު ރޯވެ ސައިކަލުތަކެއްގައި ހުޅު ހިފައިގެން އުޅުނު އިރު ފުލުހުންނާއި ސިފައިން ތަންކޮޅެއް ދުރުގައި ތިބިއިރު ޖެހިލުމެއް ނެތި ޝަޒީލް އަލިފާން ނިއްވާ ފުޅިއެއް ހިފައިގެން ގޮސް އަލިފާންގަނޑު ނިއްވާލާތައް ފެނެ އެެވެ.
އެމްޕީއެލް އަދި ކަސްޓަމްސް ފަދަ ކުންފުނިތަކުގައި ފަޔާ ސޭފްޓީ ކޯސްތައް މުވައްޒަފުންނަށް ކުރިއަށް ގެންގޮސްފައިވާތީ އެ ތަންތަނުގެ މުވައްޒަފުންނަށް ކުދިކުދި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތް އެނގެ އެވެ.
މީގެ ކުރިން ގަރާޖު ފަދަ ތަންތަނުގައި އަލިފާން ރޯވެގެން އަލިފާން ގަނޑު ކައިރި ގޭތަކަށް ފޯރައިގެން އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ.ބުސި