އިންސާނާގެ ވިސްނުން މިނެކިރާނެ ސީދާ އީޖާދެއް މިހާތަނަށް އުފެއްދިފައެއް ނުވެ އެވެ. އިންޓެލިޖެންސް ކޯޝެންޓް ނުވަތަ އައިކިއު އަކީ މިކަމަށް އެންމެ ގާތްކުރާ އެއްޗެވެ. އެހެން ނަމަވެސް މިފަހުން ހެދި ދިރާސާއަކުން މިވަނީ ތޫނުފިލި މީހުންގެ ކިބައިގައި ހުންނާނެ ބައެއް ސިފަތައް ފާހަގަ ކޮށްފަ އެވެ.

ރޭގަނޑު ލަހުން ނިދުން

ޓެކްނޮލޮޖީގެ ވަސީލަތްތަކާ ދުރުވިޔަސް ރޭގަނޑު ނިދަން އުނދަގޫ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ އޮތީ އުފާވެރި ހަބަރެކެވެ. ދިރާސާއިން ދައްކާ ގޮތުގައި ލަހުން ނިދާނަމަ ތިމާގެ ވިސްނުން ރަނގަޅުވާނެ އެވެ. ވަކިން ޚާއްސަކޮށް ކުޑައިރުން ފެށިގެން މި އާދަ ހިފަހައްޓާނަމަ އެވެ. ސަބަބަކީ ތިމާގެ ޚިޔާލުތައް ތިބާ ހޭލާ ބެހެއްޓުމެވެ.

ލިޔުން ހަޑިވުން

މިދިރާސާއިން ދައްކާގޮތުގައި ލިޔުން ހަޑި މީހުންނަކީ ވިސްނުން ރަނގަޅު މީހުންނެވެ. މިގޮތުން މިމީހުންގެ ވަގުތު އަކުރު ތަކުގެ ބައްޓަން ރީތި ކުރުމަށް ހުސްކުރުމުގެ ބަދަލުގައި, މިފަދަ މީހުންގެ މަސައްކަތަކީ އެކަންކަމާމެދު ވިސްނުމެވެ. ސިކުނޑިން ވިސްނާ ބާރުމިނުގައި ލިޔަން ހަދައިގެން ލިޔުން ހަޑިވެ އެވެ.