ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހަޅުއްވާފައިވާ، ޓެކްސް ބިލާއި ދެކޮޅަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ 14 މެމްބަރަކު މިއަދު ވޯޓު ދެއްވައިފި އެވެ.

ފާއިތުވެދިޔަ ދެ ޖަލްސާގަވެސް ޓެކްސް ބިލަށް ވޯޓަށް ނާހާ ލަސްކުރުމަށްފަހު މަޖިލިސް ރައީސް މިއަދު ބިލަށް ވޯޓަށް އަހާފައި ވާއިރު، ބިލާއި އެއްކޮޅަށް ވޯޓު ދީފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ 51 މެމްބަރެކެވެ. މަޖިލީހުން މިއަދު ބިލް ފާސްކޮށްފައިވަނީ ޖުމްލަ 55 މެމްބަރުންގެ ތާއީދައެކީ އެވެ.

ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީ މެމްބަރުންނަކީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު، މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން، ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެވެ.

ޓެކްސް ބޮޑުކުރާ ބިލު ފާސްކުރުމަށް އެމްޑީޕީން އޮތީ ތްރީލައިން ވިޕެއް ނެރެފައެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ވިޕްލައިންއާއި ހިލާފުވި މެމްބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށެޗެ.