ފާއިތުވި 24 ގަޑިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 13 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އަލަށް ނެގި 2،754 ސާމްޕަލުން ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި ހަތް މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި ހަތަރު މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި ދެ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،392 އަށް އަރާފަ އެވެ.

އެ ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 12،760 އެވެ. އޭގެ ތެރޭގައި މިއަދު އެ ބަލިން ރަނގަޅުވި 29 މީހުން ވެސް ހިމެނެއެވެ.

އެ ބަލީގައި މިހާތަނަށް 48 މީހަކު ވަނީ މަރުވެފަ އެވެ.