ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2،870 ސާމްޕަލުން ކޮވިޑަށް ޕޮޒިޓިވްވީ 26 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 14 މީހަކާއި އަތޮޅު ތެރޭގެ ރަށްރަށުން ޕޮޒިޓިވްވި އަށް މީހުން އަދި ލިވަބޯޑުތަކުން ޕޮޒިޓިވްވި އެކަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި ތިން މީހެކެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،444 އަށް އަރާފަ އެވެ. އެ ބަލިން މިހާތަނަށް ރަނގަޅުވި އަދަދަކީ 12،836 އެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 553 އެވެ. އޭގެތެރެއިން 47 މީހަކު ގެންދަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންނެވެ.

މި ބަލީގައި މިހާތަނަށް 48 މީހަކު ރާއްޖޭގައި މަރުވެފައި ވެއެވެ.