ހއ. އުލިގަމުގައި ކުޑަކުއްޖެއްގެ ކަނދުރާ މައްޗަށް ފުޓްސަލް ގޯލު ޕޯސްޓެއް ވެއްޓި އެ ކުއްޖާ މަރުވެއްޖެ އެވެ.
އުލިގަމު ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި އެ ހާދިސާ ހިނގީ ކުޑަކުދިންތަކެއް ފުޓުބޯޅަ ކުޅެން އުޅުމުގެ ތެރޭގައި ކަމަށެވެ.
މަރުވީ އުމުރުން 10 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކުއްޖާގެ ކަނދުރާ މައްޗަށް ގޯލު ވެއްޓުމުން ސީރިއަސް އަނިޔާތަކެއް ވެފައިވެ އެވެ. މަންޒަރު ދުށް މީހަކު ބުނީ އެ ކުއްޖާގެ އަނގައިންނާއި ނޭފަތުން ވަރަށް ގިނައިން ލޭ އައި ކަމަށެވެ.
އެ ކުއްޖާގެ ގައި މައްޗަށް ގޯލު ޕޯސްޓް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
ފުނަދޫގައި 4 ގެޔަކަށާއި 5 ގަރާޖަށް އަލިފާނުގެ އަސަރުކޮށްފި
ދަރިވަރަކަށް ޖިންސީ ގޯނާކުރި ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފި
ބަހަނާ ދައްކައި ސަނީ އުމަރުގެ މައްސަލަ ކޯޓުން ކެންސަލް ކުރަނީ
