ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 19 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓްކުރި 3149 ސާމްޕަލްގެ ތެރެއިން 19 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއަދު ފެނުނު 19 ކޭސްގެ ތެރެއިން 10 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުން ހަ ކޭސް ފެނުނުއިރު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށަކުން ދެ މީހަކު އަދި އިންޑަސްޓްރިއަލް ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،493 އަށް އަރައިފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 12،895 މީހުން ވަނީ ރަނގަޅުވެފަ އެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 543 އެވެ. އޭގެތެރެއިން 44 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެނެވެ.

މި ބަލީގައި މިހާތަނަށް 48 މީހަކު ރާއްޖެެއިން މަރުވެފައިވެ އެވެ.