މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހަމަޖެހިފައިވާ ގިރާވަޅު ފަޅު މި އަހަރުގެ މެދު ތެރޭގައި ހިއްކައި ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން މާލެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގުޅިފަޅުގެ އެއްބައި ހިއްކާ ނިންމާފައިވާ ކަމަށާއި ދެވަނަ ބައި ހިއްކުމަށްޓަކައި ބޮސްކާލިސް ކުންފުންޏާ އެކު އިއްޔެ ފަހުގެ ނިންމުންތައް ނިންމަވާނެ ކަމަށެވެ.

އަދި ގުޅީފަޅުގެ އެއްބައި ހިއްކައި ނިންމާފައިވާ ކަމަށާއި ދެވަނަ ބައި ހިއްކުމަށް ބޮސްކާލިސް ކުންފުންޏާއެކުގައި ފަހުގެ ނިންމުންތައް ނިންމަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މި މަސައްކަތް ކުރުމަށް އެއްބަސްވުމެއް ހަދައި ސޮއިކޮށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ގިރާވަރު ފަޅުގެ އަމަލީ މަސައްކަތް ނިމެމުންދާ ތަން ތިޔަބޭފުޅުންނަށް މި އަހަރުގެ މެދުތެރޭގައި ފެނިގެންދާނެ. މިއީކީ ހުވަފެނެއް ނޫން އިނގޭތޯ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ރޭ ވިދާޅުވީ މި ސަރުކާރުން 16،000 އަށް ވުރެ ގިނަ ފްލެޓާއި 5،000 ގޯތި ދިނުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ. މީގެ ކުރިން އުފެދިފައިވާ ސަރުކާރުތަކަށް މި އަދަދާ ކައިރިއަށް ވެސް ހައުސިން މަޝްރޫއުތައް ހިންގިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މީގެކުރިން ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ރިޔާސީ ނިންމަވާލައްވާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް ރޯނުދަމާ އަދި ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށް ފަހު ކަމަށެވެ.