ހަތަރު ކަމަކަށް ޑިމާންޑްކޮށް، ޅ. ފެލިވަރުގައި ގިނަ އަދަދެއްގެ މަސްވެރިން އިހުތިޖާޖު ކުރަން މިއަދު ފަށައިފި އެވެ.

އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން ބުނަނީ އެ މީހުން މުޒާހަރާއަށް ނުކުތީ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ނުލިބި ގިނަދުވަސްތަކެއް ވެފައިވާތީ ކަމަށެވެ.

މަސްވެރިން ވަނީ ހަތަރު ކަމަކަށް ޑިމާންޑްކޮށްފަ އެވެ. އެގޮތުން މަހުގެ އަގު 20ރ. އަށްވުރެ ދަށްނުވާނެހެން ބެހެއްޓުމާއި ފެލިވަރުން މަސްވެރިންނަށް ލުއި ފަސޭހަ ގޮތަކަށް އައިސް ލިބޭނެ ގޮތް ހަމަޖެއްސުމާއި މިފްކޯގެ ބެލުމުގެ ދަށަށް ށ. ކީކިމިނި ގެނައުން އަދި ދުވަހުން ދުވަހަށް މަސްކިރޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލާފައިވެ އެވެ.

އެ އިހުތިޖާޖުގައި ބައިވެރިވުމަށް 20 އަކަށް ދޯނި ވަނީ ފެލިވަރަށް ގޮސްފަ އެވެ. އަދި މަސްވެރިން މިވަގުތު އިހުތިޖާޖު ކުރަމުން އަންނަނީ ފެލިވަޅު ފަޅުތެރޭގައި ތިބެގެންނެވެ.

އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން ބުނީ އެމީހުން މުޒާހަރާއަށް ނުކުތީ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ނުލިބި ގިނަދުވަސްތަކެއް ވެފައިވާތީ ކަމަށެވެ.

އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން ބުނީ، ވިއްސާރައިގައި މުޒާހަރާއަށް ނުކުމެ ތިބިއިރު އެންމެ ބޮޑު ޑިމާންޑަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރުން ކަމަށެވެ. ރައީސް ސޯލިހު ވަނީ މިދިޔަ މަހުގެ ފަހުކޮޅު ފެލިވަރަށް ޒިޔާރަތްކުރައްވައި އެވަގުތު ފެލިވަރުގައި ތިބި ބައެއް މަސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.

މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އަދި އެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މަސްވެރިން މިއަދު ފެލިވަރުގައި އިހުތިޖާޖުކުރަނީ

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހިތްހަމަނުޖެހުން ފާޅުކޮށް، ގއ. ކޫއްޑޫގައި މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ވެސް މަސްވެރިން ވަނީ އިހުތިޖާޖުކުރި އެވެ.