ބަށްޓަކީ އާންމުކޮށް ރާއްޖޭގައި ވަރަށް ގިނައިން ހައްދާ ބާވަތުގެ ތަރުކާރީއެކެވެ. ބަށި ރިހައިން ފެށިގެން ގޮސް ހިކިކޮށް ހަދާފައި ހުންނަ ބަށްޓަށް ދާންދެން ބަ،ށްޓަކީ ދިވެހިންގެ ކެއުންތަކުގައި ވަރަށް މަގުބޫލު އެއްޗެކެވެ.

ބަށްޓަކީ އޭގައި ގިނަ އަދަދަކަށް ސިއްހީ ފައިދާތައްވެސް އެކުލެވޭ އެއްޗެކެވެ. އެގޮތުން އިންފެކްޝަނާއި ފާރުވެފައި ހުންނަ ތަންތަނަށް ވެސް ރަނގަޅު އެއްޗެއް ކަމަށް ބެލެވެ އެވެ.

ގުދުރަތީ ލެކްސޭޓޭއް

ބަށްޓަކީ ފެނުގެ އިތުރުން ފައިބާވެސް ހިމެނޭ އެއްޗެކެވެ. އެގޮތުން ބަނޑުހަރުވުމުން ދުރުކޮށް ހަޖަމުގެ ނިޒާމުގެ ސިއްހީ ދުޅަހެޔޮކަން ލިއްބައިދެ އެވެ.

ހިތުގެ ބަލިތަކަށް ރަނގަޅު އެއްޗެއް

ބަށީގައި ހުންނަ މާއްދާއެއް ކަމަށްވާ އެންތޯޗަޔާނިންސް އަކީ ހަށިގަނޑުގައި ހުންނަ ނުބައި ސަރުބީތައް ދުއްވާލައި، ހެޔޮ ސަރުބީ ބެހެއްޓުމަށް ކާން ރަނގަޅު އެއްޗެކެވެ.

ބަރުދަން ލުއި ކުރުމަށް އެހީވެދޭ

ބަށްޓަކީ ކާބޯހައިޑްރޭޓާއި ކެލޮރީ މަދުން ހުންނަ ތަރުކާރީ އެކެވެ. އެހެން ކަމުން ބަށި ވެފައިވަނީ ބަރުދަން ލުއި ކުރުމަށް މަސައްކަތްކުރާ މީހުންނަށް ވެސް ވަރަށް ކަމުދާ އެއްޗެކެވެ. މީގެ އިތުރުން ބައްޓަކީ ހަށިގަނޑުގެ ހެމޮގްލޯބިން ލެވެލް ވެސް ރަނގަޅުކޮށްދޭ އެއްޗެކެވެ.