މާލީ ތަނަވަސްކަމާއި ރައްކާތެރިކަން ހޯދުމަކީ އެންމެ ނިންމުމަކުން ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ކޮންމެ ދުވަހަކުވެސް ނިންމާ ކުދިކުދި، ނަމަވެސް މުހިންމު ނިންމުން ތަކަކުން އަހުލުވެރިވާ ރަނގަޅު އާދަތަކެއްގެ ނަތީޖާ އެވެ.
މާލީ އިރުޝާދުދޭ ކްލިނިކް "ފިނޮވޭޓް ފައިނޭންޝަލް ސާވިސަސް" ގެ ކޯ-ފައުންޑަރު ނެހާލް މޮޓާ ވިދާޅުވާ ގޮތުގައި، ގަޔާވާ އުފާވެރި ދިރިއުޅުން ގުރުބާން ނުކޮށް ފައިސާ ރައްކާ ކުރުމުގެ އާދަ އަށަގަނެވިދާނެ އެވެ.
އޭނާ ހިއްސާ ކުރައްވާފައިވާ، ދިރިއުޅުމުގެ އާދަކާދައަށް ބަދަލުނުުގެނެސް ފައިސާ ރައްކާ ކުރެވިދާނެ މުހިންމު އުސޫލުތަކަކީ:
އޮޓޮމެޓިކުން ފައިސާ ޖަމާވާ ގޮތް ހެދުން
ފައިސާ ރައްކާ ކުރުމަށް އެންމެ ފަސޭހަ އެއް ގޮތަކީ އާމްދަނީ ލިބުމާއެކު، ސޭވިންގްސް އާއި އިންވެސްޓްމަންޓް އެކައުންޓްތަކަށް އަދި ލޯނުތަކަށް ފައިސާ ކެނޑޭގޮތް އޮޓޮމޭޓް ކުރުމެވެ. މިގޮތަށް ހެދުމުން އަތަށް ލިބޭ ފައިސާ އިސްރާފު ވުމުގެ ކުރިން ރައްކާތެރި ކަމާއެކު އިންވެސްޓް ކުރެވެ އެވެ.
ހަރަދުތައް ބަހާލުން
ލިބޭ އާމްދަނީ ތިން ބަޔަކަށް ބަހާލުމަކީ މާލީ ތަރުތީބު ހިފެހެއްޓުމަށް އޮތް އެންމެ އަމަލީ ހައްލެވެ. އެއީ
- އަސާސީ ހަރަދުތައް: ކުއްޔާއި، ކެއިންބުއިމާއި، ބިލްތައް.
- ސޭވިންގްސްއާއި އިންވެސްޓްމަންޓް: މުސްތަގުބަލަށްޓަކައި ރައްކާކުރާ ފައިސާ.
- އަމިއްލަ ދިރިއުޅުމުގެ ހަރަދުތައް: އުފާވެރިކަމަށް، ދަތުރުފަތުރަށް އަދި ބޭރުން ކެއުމަށް ކުރާ ހަރަދު.
މިގޮތަށް ވަކިކުރުމުން އަމިއްލަ އުފާތަކުން މަހްރޫމު ނުވެ ފައިސާ ބެލެހެއްޓެ އެވެ.
ކުއްލި ނުރައްކަލުގެ ފަންޑެއް ގާއިމު ކުރުން
ކުއްލިއަކަށް ދިމާވެދާނެ މާލީ ދަތިކަމަކުން ރައްކާތެރި ވުމަށް، މަދުވެގެން ތިން މަހާއި ހަ މަހާ ދެމެދުގެ އަސާސީ ހަރަދަށް ބޭނުންވާ ވަރުގެ ފައިސާ ވަކި އެކައުންޓެއްގައި ރައްކާ ކުރަންޖެހެ އެވެ. މިއީ މުސްތަގުބަލުގެ އިންވެސްޓްމަންޓްތަކަށް ނުފޫޒު ނުފޯރައި، ދިރިއުޅުމުގެ ހަމަޖެހުން ހިފެހެއްޓޭނެ ގޮތެވެ.
ތަކެތީގެ އަގު އުފުލުން ދެނެގަތުން
ފައިސާ އެކައުންޓުގައި ބަހައްޓައިގެން އެކަނި މުއްސަނދިކަމެއް ނުހޯދޭނެ އެވެ. ސަބަބަކީ ދުވަސްވީވަރަކަށް ތަކެތީގެ އަގު އުފުލި ފައިސާގެ އަގު ވެއްޓޭތީ އެވެ. އެހެންކަމުން ތަކެތީގެ އަގު އުފުލޭ މިންވަރަށްވުރެ އިތުރަށް ކުރިއަރާފަދަ ދާއިރާތަކަށް (މިސާލަކަށް: ސްޓޮކް، ރިއަލް އެސްޓޭޓް) އިންވެސްޓް ކުރުން މުހިއްމެވެ.
ރަނގަޅު މާލީ އާދަތަކަކީ ހުރިހާ ހަރަދެއް ހުއްޓާލައިގެން އުޅުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއަދުގެ އުފާވެރިކަން ގުރުބާން ނުކޮށް، މުސްތަގުބަލުގެ ރައްކާތެރި ކަމަށްޓަކައި ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމުމެވެ.
"ފްރެންޑްސް"ގެ ތަރި ލީސާއަށް ހޮލީވުޑް ވޯކް އޮފް ފޭމްގެ ތަރިއެއް!
ސަލްމާންގެ އާ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ
ގޯވިންދާއާއި ކަރިސްމާ އެކުގައި މަސައްކަތް ކުރުން ހުއްޓާލި ސަބަބު!