މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބިމާއި ފްލެޓް ދޭނެ ފަރާތްތަކަށް ކަނޑައެޅުމަށްޓަކައި "ގެދޮރުވެރިންގެ ކޮމިޓީ"ގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައިފި އެވެ.

މި ކޮމެޓީގައި ހިމެނިވަޑާއިގަންނަވަނީ 5 މެންބަރުންނެވެ.

ސަރުކާރުން މާލެ ސަރަޙައްދުން ދިނުމަށް ނިންމި 5،000 ގޯތީގެ ތެރެއިން 3000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރު ޖޫން މަހު އެވެ. އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލެއިން ދޫކުރާ 1000 ގޯއްޗާއި، ގުޅީފަޅުން ދޫކުރާ 2000 ގޯއްޗެވެ. ދެން ހިމެނެނީ މާލެ އަތޮޅު ގިރާވަރު ފަޅު ހިއްކާ އެތަނުން ދޫކުރުމަށް ނިންމާފައިވާ 2000 ގޯއްޗެވެ.

މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުސަތުގައި ފްލެޓަށް އެދި 20،697 އެޕްލިކޭޝަންވަނީ ހުށައަޅާފަ އެވެ. އަދި ގޯއްޗަށް އެދި 15،164 އެޕްލިކޭޝަން ވަނީ ހުށައަޅާފަ އެވެ.

ކޮމެޓީގައި ތިއްބަވާ މެމްބަރުން

  1. އަކްރަމް ކަމާލުއްދީން، މއ. އެވަރެސްޓް (ޗެއާޕާސަން)
  2. އަނަސް އަބްދުއްސައްތާރު، މ. ބަޑިކުޅިމާގެ (ކޯ- ޗެއާޕާސަން)
  3. މަރިޔަމް ނާޒިމާ، މއ. އެރިޒޯނާ
  4. އައިޝަތު ރަޝީދާ، ހ. ރެޖީނާ ހައުސް
  5. މުހައްމަދު އާރިފް، ހއ. އިހަވަންދޫ ނެދުންގެ

މި ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މިމަހުގެ 21 ވަނަދުވަހު ބާއްވާފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

މި ކޮމެޓީގެ މަސައްކަތްތަކުގެ ތެރޭގައި ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަން ބެލުހެއްޓުމާ ގޯއްޗަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ހިމެނެ އެވެ.