ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2،746 ސާމްޕަލްތަކުން 26 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މާލެއިން ފެނިފައިވަނީ 22 ކޭސް ކަމަށެވެ. އަދި ރިސޯޓުތަކުން ތިން މީހަކާއި އަތޮޅު ތެރޭގެ ރަށަކުން އެކަކު ޕޮޒިޓިްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 13،644 އަށް އަރައިފައެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން 13،072 މީހުން މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ. މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 517 އެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދަނީ ޖުމުލަ 33 މީހަކަށެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން 48 މީހުން ވަނީ މަރުވެފަ އެވެ.