ފަޅު ރަށަކުން ގަވައިދާއި ޚިލާފަށް ގިނަ އަދަދެއްގެ ވެލި ނެގުމުން ރޯޔަލް އައިލެންޑް ރިސޯޓު 83،750ރ. އިން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ބ. ދިގުފަރުން ގަވައިދާއި ޚިލާފަށް ގިނަ އަދަދެއްގެ ވެލި ނެގުމުގެ ސަބަބުން ޖޫރިމާނާކޮށްފައިވަނީ ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާކަމަށެވެ.
އެ އެޖެންސީން ބުނީ، ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން އިން ހިންގާ އަންނަ ރޯޔަލް އައިލެންޑް ރިޒޯޓަށް އެކަން ހުއްޓުމަށް އެންގުމުން ވެސް މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ރިސޯޓް ޖޫރިމަނާކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނުގެ ދަށުންނެވެ. އަދި ޖޫރިމާނާގެ ފައިސާ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އެ ކުންފުންޏަށް ވަނީ އަންގާފަ އެވެ.
ބ. ދިގުފަރަކީ ރިސޯޓް ހެދުމަށް ސަރުކާރުން އަމިއްލަ ކުންފުންޏަކަށް ދޫކޮށްފައިވާ ރަށެކެވެ.
އީރާނާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރިއާނާގެ އިންޑިއާ ދަތުރާއެކު، ފޭނުން ޝޯއެއްގެ އިންތިޒާރުގައި
ރާއްޖެ އަންނަ އިންޑިއާ މީހުންނަށް އެޑްވައިޒަރީއެއް
