ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން 31 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
މިއަދު ޕޮޒިޓިވްވި 31 މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 20 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި ހަތަރު މީހަކާއި، ރިސޯޓުތަކުން ޕޮޒިޓިވްވި ފަސް މީހެއްގެ އިތުރުން ލިވަބޯޑު ތަކުން ޕޮޒިޓިވްވި ދެ މީހެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،691 އަށް އަރައިފަ އެވެ. އޭގެތެރެއިން 13،109 މީހަކު ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.
މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 527 އެވެ. އޭގެތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުން ދަނީ 29 މީހެކެވެ. އަދި އައިސީޔޫގައި އެކަކަށް ފަރުވާ އެބަދެއެވެ.
މި ބަލި ޖެހިގެން ރާއްޖޭގައި 48 މީހަކު ވަނީ މަރުވެފަ އެވެ.
ނައްތާލާ މުސްހަފްތައް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި
ކުދި މަތިންދާ ބޯޓްތަކުން ދެކުނުގެ ހަތަރު އަތޮޅު ގުޅާލަނީ
ރޯދަ މަހު ސްކޫލް ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާގައި އެކަނި
