މާލޭ ގެއެއްގެ ހަ ވަނަ ބުރިން، އުމުރުން 2 އަހަރުގެ ކުޑަކުއްޖަކުވެއްޓި މަރުވެއްޖެ އެވެ.
މިހާދިސާ ހިނގާފައިވަނީ ރޭ 12:30 އެހާކަންކާހާއިރެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ އުމުރުން 2 އަހަރުގެ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ރޭ 12:30 ހާއިރު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭރު ވެސް އެ ފިރިހެން ކުއްޖާ އޮތީ މަރުވެފައި ކަމަށެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާލޭގެ ހެންވޭރު ގެއެއްގެ ފަސް ވަނަ ބުރިން ކުޑަކުއްޖަކު ވެއްޓިފައިވާ ކަމަށް ރޭ 12:20 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެއީ 4 އަހަރުގެ ކުއްޖެއް ކަމަށާވެސް ފުލުހުން ބެންޏެވެ.
މިމައްސަލަ ފުލުހުން ތަހްގީގު ކުރަމުންދާކަމަށްވެސް ބުންޏެވެ.
އަހަރެންގެ ހަޔާތުގެ ވާހަކަތައް އަހަންނާއެކު ވަޅުލެވޭނެ: ސަލްމާން
އެލާމްއަކާ ނުލާ ގަވާއިދުން ހޭލަން ބޭނުންތަ؟ މިއޮތީ ސިއްރު!
ހަޔާތުގެ އެންމެ ފުން އަނދަވަޅަކީ "ޖަސްޓިސް ލީގް": ބެން އެފްލެކް