ކޮންމެ ގުޅުމަކީ އޭގެ ތެރޭގައި އެތައް ފައިދާތަކެއް ހިމެނޭ ކަމެއް ކަމަށާ ދޭދޭ މީހުންގެ ދެމެދުގައި ވިޔަސް ނުވަތަ ދޭދޭ ރަށްތަކުގެ ދެމެދުގައި ވިޔަސް، ހަރުދަނާ ރަނގަޅު ގުޅުމެއް އޮތިއްޔާ، އެ ގުޅުމުން އުފަންވާ އެތައް މަންފާތަކެއް ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ފަރެސް މާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ގުޅުމަކީ އޭގެ ތެރޭގައި އެތައް ފައިދާތަކެއް ހިމެނޭ ކަމެއް ކަމަށާ ދޭދޭ މީހުންގެ ދެމެދުގައި ވިޔަސް ނުވަތަ ދޭދޭ ރަށްތަކުގެ ދެމެދުގައި ވިޔަސް، ހަރުދަނާ ރަނގަޅު ގުޅުމެއް އޮތިއްޔާ، އެ ގުޅުމުން އުފަންވާ އެތައް މަންފާތަކެއް ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މީހުން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމަކީ، ރަށްވެހިކަމާއި ތަރައްގީ އާއި ތަހުޒީބުގެ ސިފަތައް ދުނިޔޭގެ ހަތަރު ބިތަށް ފަތުރައިލަދިން މައިގަނޑު ވަސީލަތް ކަމަށެވެ.
ރައީސް ވިދާޅުވީ މި ވައިގެ ބަނދަރުތައް ގާއިމުކޮށް ނިމޭއިރު، އެތެރޭގެ އުދުހުންތަކުގެ ވިއުގަ ވަރަށް ބޮޑަށް ގެތި ލާމެހިގެންދާނެ ކަމަށެވެ. އަދި އެއީ ވަޒީފާގެ އިތުރު ފުރުސަތުތައް އުފެދި، އިގްތިސާދީ ހަރަކާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ދިރުމަކަށް ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މީހުން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމަކީ، ރަށްވެހިކަމާއި ތަރައްޤީ އާއި ތަހުޒީބުގެ ސިފަތައް ދުނިޔޭގެ ހަތަރު ބިތަށް ފަތުރައިލަދިން މައިގަނޑު ވަސީލަތް ކަމަށެވެ.
"މިއީ އިންސާނީ މުޖްތަމަޢުގައި ކަން ހިނގާ މަގު. މި ޖަޒީރާތަކަށް ވެސް ދުނިޔޭގެ އިރާއި ހުޅަނގުގެ ތަހުޒީބާއި ތަމައްދުންގެ ސިފަތައް ވާރުތަވީ ހަމަ އެމަގުން. ކުރިއަށް އޮތް ތަނުގައިވެސް އެކަން ހިނގާނީ އެގޮތަށް. އެކަކަށް ލިބޭ ކުރިއެރުމުގެ ނަފާ އަނެކަކަށް، އެއް ރަށަށް ލިބޭ ތަރައްޤީގެ ފައިދާ އަނެއް ރަށަށް، އަދި އެއް އަތޮޅަށް އަންނަ ދިރުމުގެ ހެޔޮ އަސަރު އަނެއް އަތޮޅަށް ކުރަނީ ވެސް ހަމަ އެމަގުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ރަށްތައް ގުޅުވައިލުމަށް ސަރުކާރުން މި ކުރާ މަސައްކަތުގެ ސަބަބުން، މުޅި ރާއްޖެއަށް އެތައް ގޮތަކުން ކުރިއެރުމާއި ތަރައްޤީ ލިބެމުން ދާނެކަމަށާ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، އަމިއްލަ ފުދުންތެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށެވެ.
އެހެން އަތޮޅުތައް ވެސް ދަތުރުފަތުރުގެ ނިޒާމުގެ ތެރެއަށް ސަރުކާރުން ފައްތާނެކަމަށާ އުތުރުގެ ދެ އަތޮޅެއްގަޔާއި، ދެކުނުގެ ދެ އަތޮޅެއްގައި ހަތަރު ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް އެމްޓީސީސީއިން ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންދަކަން ރައީސް ފާހަގަކުރެއްވި އެވެ.
ކޮންމެ ގުޅުމެއްގައި ފައިދާއެއް ނޯންނާނެ.