މެދުނުކެނޑި 40 އަށްވުރެ ގިނަ ގަޑިއިރު ރާޅާ އަޅައިގެން އޮސްޓްރޭލިއާއަށް ނިސްބަތްވާ މީހަކު ދުނިޔޭގެ ރެކޯޑެއް ގާއިމު ކޮށްފި އެވެ.

ބްލޭކް ޖޯންސްޓަން ކިޔާ އެމީހާ ނަފްސާނީ ދުޅަހެޔޮކަމުގެ ކެމްޕެއިނެއްގެ ދަށުން ރާޅާ އަޅަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު އެވެ. ރެކޯޑު ނިންމާލާފައިވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު އެވެ.

ޖޯންސްޓަންގެ މަސައްކަތުން އެ ކެމްޕެއިނަށް 225000 ޑޮލަރު ޖަމާ ކުރެވިފައިވާ ކަމަށް އެ އިވެންޓު ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ.

އޭނާގެ ސާފިން ސެޝަން ނިމުނުއިރު 700 އަށްވުރެ ގިނަ ރާޅާ ކުރިމަތިލާފައިވާއިރު އެއިން ކޮންމެ ރާޅަކާއެކުވެސް އޭނާގެ ސެޝަން ދަމަހައްޓާފައިވެ އެވެ.

މީގެ ކުރިން މި ރިކޯޑު އޮތީ 30 ގަޑިއިރާއި 11 މިނެޓު ރާޅާ އަޅައގެން ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ޖޯޝް އެންސްލިންގެ އަތުގަ އެވެ.

40 އަހަރުގެ ޖޯންސްޓަންގެ ސާފިން ސެޝަންގެ ތެރެއިން ފިރުއައުނު މުދާ ދަތް އެޅުމާއި ނިދިން މަހުރޫމުވުން ފަދަ ގިނަ ސިއްހީ މައްސަލަތަކާ ކުރިމަތިލާފައިވެ އެވެ.

މި ހުރިހާ ކަމަކަށްފަހު ސެޝަން ނިންމާލުމުން އޭނާގެ އެކުވެރިން ވަނީ ޖޯންސްޓަން އެމީހުންގެ ކޮނޑަށް އަރުވައި އުފާ ފާޅުކޮށްފަ އެވެ.