ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން 47 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2،974 ސާމްޕަލް އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހަދުން ޕޮޒިޓިވްވި 30 މީހަކާއި ރިސޯޓުތަކުން 15 މީހަކާއި އަތޮޅު ތެރޭގެ ރަށަކުން ޕޮޒިޓިވްވި މީހެއް ކަމަށެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 13،738 އަށް އަރާފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 13،125 އެވެ.

މި ބައްޔަށް 558 މީހުން ފަރުވާ ހޯދަމުންދާއިރު، އޭގެ ތެރެއިން 29 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. އަދި އެކަކު އޮތީ އައިސީޔޫގައެވެ.

ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 48 އެވެ.