ތިން ރަށެއްގައި އަންހެނުންގެ ތަރައްގީއާ ބެހޭ ކޮމިޓީއަށް މެމްބަރުން ހޮވުމަށް ބައި އިލެކްޝަން ބާއްވަން ނިންމައިިފި އެވެ.
އަންނަ މެއި މަހު ބައި އިލެކްޝަން ބާއްވަނީ ވ. ރަކީދޫ އާއި ތިނަދޫގެ އިތުރުން އއ. ދިއްދޫގަ އެވެ.
ރަކިދޫ ކައުންސިލްގެ އަންހެހުންގެ ތަރައްގީއާ ބެހޭ ކޮމިޓީއަށް އެއް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ. އަދި ތިނަދޫއިިން އެ ކޮމިޓީއަށް ފަސް މެމްބަރުން އިންތިހާބް ކުރަން ޖެހޭއިރު، ދިއްދޫއިން އެކޮމިޓީއަށް އެއް މެމްބަރަކު އިންތިހާބުކުރަން ޖެހެ އެވެ.
އެގޮތުން މި މަގާމުތަކަށް އިންތިހާބު ބޭއްވުން ކުރިއަށްދާނީ މެއި މަހުގެ ހަވަނަ ދުވަހު ކަމަށް އެކޮމިޝަނުން ބުނެފައިވެ އެވެ. އަދި އެދުވަހުގެ ހެނދުނު އަށަކުން ހަވީރު ހަތަރަކަށް އިންތިހާބު ކުރިއަށްދާނެ ކަމަށް ވެސް އިލެކްޝަނުން ބުނެ އެވެ.
އިލެކްޝަނުން ވަނީ އިންތިހާބާއި ގުޅިގެން ވޯޓު ލެވޭ މީހުންގެ ލިސްޓު އާންމުކޮށްފަ އެވެ.
ފަހަކަށް އައިސް އަންހެނުންގެ ތަރައްގީއާ ބެހޭ ކޮމިޓީއަށް މެމްބަރުން ހޮވަން ބާއްވަންޖެހޭ ބައި އިލެކްޝަންތައް ވަނީ ގިނަވެފަ އެވެ. އިލެކްޝަންތައް އިތުރުވަމުންދަނީ އެ ކޮމިޓީތަކުން މެމްބަރުން އިސްތިއުފާ ދެއްވުން ގިނަވުމުގެ ސަބަބުންނެވެ.