ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2455 ސާމްޕަލްތަކުގެ ތެރެއިން މިއަދު 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 14 މީހުން ޕޮޒިޓިވްވީ މާލެއިންނެވެ. ބާކީ 5 މީހުން ޕޮޒިޓިވްވީ އަތޮޅުތެރޭގެ ރަށްރަށުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13،757 އަށް އަރާފަ އެވެ. އަދި މި ބަލިން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދަކީ، 13،141 އެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 551 އެވެ. އޭގެ ތެރެއިން 27 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގަ އެވެ. އަދި އެކަކު އޮތީ ވެންޓިލޭޓަރުގައެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް 48 މީހަކު ވަނީ މަރުވެފަ އެވެ.