ޕީޕީއެމްގެ މެދު ހެންވޭރު ދާއިރާގެ މާލެ ސިޓީ ކައުންސިލް މެމްބަރު އާދަމް ރަމީޒު މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދައިދޭން މަސައްކަތް ކުރާ ކަމުގެ ތުހުމަތު އެޅިފައި ވަނިކޮށް އޭނާ ޕީޕީއެމް އިން ވަކިވެއްޖެ އެވެ.

އޭނާ ޕާޓީން ވަކިވީ އޭނާގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ބަލަން ފަށާފައި ވަނިކޮށެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް އެޑްރެސްކޮށް ރަމީދު ފޮނުވި ސިޓީގައި ބުނެފައިވަނީ މިވަގުތު ޕާޓީގެ ހަރަކާތްތަކުގައި އުޅެވެން ނެތުމުގެ ސަބަބުން ޕާޓީން ކެނޑުމަށް ނިންމާފައިވާތީ ޕީޕީއެމްގެ ދަފުތަރުން އޭނާގެ ނަން ވަކިކޮށް ދެއްވުން އެދޭކަމަށެވެ.

މިމައްސަލައިގައި ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް އިއްޔެ މެންދުރުފަހު 2:00 ގައި ރަމީޒު ހާޒިރުކޮށް އޭނާގެ ބަޔާންވެސް ނަގާފައިވެ އެވެ. ރައީސް ޔާމީންގެ ކެންޑިޑެސީއަށް އަސަރުކުރާ ފަދަ އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަން ޔަގީންކޮށްދިނުމަށްޓަކައި ހެކީގެ ގޮތުގައި ބައެއް ނަންތައް ވެސް ރަޒީމުގެ ފަރާތުން ކޮމިޓީއަށް ހުށަހަޅުއްވާފައިވެ އެވެ. މީގެތެރޭގައި ޕީޕީއެމްއާއި ޕީއެންސީގެ ބައެއް ސެނެޓަރުންވެސް ހިމެނެ އެވެ.