ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯޕީޑީގައި ޚިދުމަތްދޭ ވަގުތު ފިތުރު އީދު ދުވަހު ބަދަލުކުރުމަށްފަހު، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކުރިން ވެސް އޮންނަ ޝެޑިއުލްއަށް ބަދަލުވާނެ ކަމަށް ބުނެފި އެވެ.

ޓޮރީ ޓޮޕް ހޮސްޕިޓަލުގައި އޯޕީޑީގައި ޚިދުމަތް ދޭ ގަޑިތައް ބަދަލުވި ގޮތް ތިރީގައި އެ ވަނީ އެވެ.

މިގޮތުން ފިތުރު އީދު ދުވަހު ހޮސްޕިޓަލުގެ އޯޕީޑީ، ޓީޓީއެޗް ކްލިނިކް، އަދި ފެމިލީ ކްލިނިކް ބަންދުވާނެ އެވެ. ނަމަވެސް އިން- ޕޭޝަންޓް ޑިޕާޓްމަންޓާއި އިމަޖެންސީ ޑިޕާޓްމަންޓްގައި 24 ގަޑިއިރު ހިދުމަތް ލިބޭނެ އެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުން ފެށިގެން އޯޕީޑީ، ޓީޓީއެޗް ކްލިނިކް، އަދި ފެމިލީ ކްލިނިކްގެ ގަޑިތައް އާންމު ގޮތެއްގައި އޮންނަ އުސޫލުގެ މަތިން ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ބަދަލުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އަދި އިން- ޕޭޝަންޓް ޑިޕާޓްމަންޓާއި އިމަޖެންސީ ޑިޕާޓްމަންޓުގައި 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ޓޮރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.