ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން އިތުރު 26 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 11 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި ތިން މީހެއްގެ އިތުރުން ސަފާރީއަކުން އެކަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 11 މީހެކެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 13،893އަށް ވަނީ އަރާފަ އެވެ. މި ބަލީގެ އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 634 އެވެ. އަދި އޭގެ ތެރެއިން 32 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެނެވެ.

ބަލި ޖެހިގެން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 13،204 އެވެ.

މި ބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް 48 މީހަކު ވަނީ މަރުވެފަ އެވެ.