ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯން ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ސަރަހައްދު ކައިރިން ދުއްވާފައި ދިޔަ، ކޮންކްރީޓް މިކްސްޗާ ޓްރަކެއް ފުރޮޅާލާފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:35 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގެ ސަބަބުން އެވަގުތު އެ ސަރަހައްދުން ބައިސްކަލުގައި ދިޔަ، އުމުރުން 13 އަހަރުގެ ދެ ފިރިހެން ކުދިންނަށް އަނިޔާވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އެ ހާދިސާގައި ޓްރަކް ޑްރައިވަރަށް ވެސް ވަނީ އަނިޔާވެފައިވަ އެވެ.
އަނިޔާ ލިބުނު މީހުންނަށް ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.
ފަހަކަށް އައިސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް އަންނަނީ ހިނގަމުންނެވެ. އެގޮތުން އެފަދަ އެއް ހާދިސާއެއްގައި އެކަކު ވަނީ މަރުވެފަ އެވެ.

ސައުދީ އާއި އޮމާނަށް ހަމަލާތައް ދިނީ އެމެރިކާއިން ކަން ހާމަވެއްޖެ
ރޯދަ މަލާފަތް: ދެގޮތެއް ނުވި ކުޅި ރިހަ!
ހިތަދޫން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް: ފުލުހުން
