ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ އަނަންޔާ ޕާންޑޭއާއި އަދިތުޔާ ރޯއީ ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ އިންޑިއާގެ މީޑިއާގައި ދެކެވެމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.

މި ވާހަކަތަކަށް އެ ދެތަރިން ޔަގީން ކޮށްދީފައި ނުވި ނަމަވެސް އަދިތުޔާގެ ގާތް އެކުވެރިއެއް ކަމަށްވާ ރަންބީރު ކަޕޫރު މިފަހުން ވަނީ އެ ދެތަރިންގެ ގުޅުމާ ބެހޭ އިޝާރާތެއް ދީފަ އެވެ.

އިންޑިއާގެ ރޭޑިއޯ ސްޓޭޝަންއަކަށް ދިން އިންޓަވިއުއެއްގައި ރަންބީރު ވަނީ "އ" އަކުރުން ފެށޭ ކުއްޖަކަށް އަދިތުޔާ ހިތް ކިޔައިގެން އުޅޭ ކަމަށެވެ.

އެ ކުއްޖާގެ ސީދާ ނަން ރަންބީރު ނުބުނި ނަމަވެސް އާއްމުންނާއި މީޑިއާތަކުން އަންނަނީ ރަންބީރު އެ އިޝާރާތް ކުރަނީ އަނަންޔާއަށް ކަމަށް ބުނަމުންނެވެ.

ކޮފީ ވިތު ކަރަންގެ ޝޯއެއްގައި އަދިތުޔާއަކީ ރީތި މީހެއް ކަމަށް އަނަންޔާ ބުނި ފަހުން އެ ދެތަރިން އެކުގައި އެކި ތަންތަނުން ފެނިފައިވެ އެވެ.

ވަރަށް ފަހުން ދެތަރިން އެކުގައި ގަތަރަށް