ހއ. މުރައިދޫ ގޮނޑުދޮށުން ގިނަ އަދަދެއްގެ ވަޒަންތަކެއް ފެނި، އެކަމުގެ ބިރުވެރިކަން ރަށު ތެރޭގައި އުފެދިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެ ރަށު ގޮނޑުދޮށުން ފެނިފައިވަނީ އެމް 16 މަރުކާގެ ބަޑީގައި ބޭނުންކުރާ ވަޒަންތަކެކެވެ. މި ތަކެތި ފެނުމާއެކު އެ ރަށު ޕޮލިސް ޕޯސްޓަށް އެކަން ރިޕޯޓްކުރުމުން، އެ ރޭގެ ވަގުތެއްގައި އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން އެ ރަށަށް ގޮސް ވަނީ އެ ވަޒަންތައް ހުރި ފޮށި އެ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެ އެވެ.
އެ ރަށުން "ހުރިހާ" އާ ވާހަކަ ދެއްކި މީހަކު ބުނީ މިފަދަ ނުރައްކާތެރި އެއްޗެހިތަކެއް ރަށުގެ އަތިރިމަތިން ފެނިފައިވާއިރު، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ރަށު ކައުންސިލުން ނުވަތަ ސަލާމަތީ ބާރުތަކުން ރައްޔިތުންނަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގެ އެއްވެސް މީޑިއާއަކުން މި ހަބަރު ފެންމަތިވެފައި ނުވާކަން ވެސް އޭނާ ފާހަގަކުރި އެވެ.
"މިކަން މިހާ ސިއްރިއްޔާތުގައި ސިފައިންނާއި ފުލުހުން އަދި ކައުންސިލުން ގެންގުޅެނީ ކީއްވެގެންތޯ؟ މީގެ އަޑީގައި ފޮރުވިފައިވަނީ ކޮންކަމެއްތޯ؟" އެ ރަށު މީހަކު ބުންޏެވެ.
މި މައްސަލައާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
ދިރާގުފޯރި ލަކީޑްރޯގެ ފައިނަލް ރައުންޑްގައި ވާދަކޮށްގެން ޓީވީއެއް
ހަސީނާއާ ގުޅުންހުރި 6.2 ބިލިއަން ޑޮލަރުގެ މުދާ ހިފަހައްޓައިފި
"ދަ ބެޓްމޭން 2" އަނެއްކާ ވެސް ފަސްކޮށްފި